
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުންފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވަނީ ދާދިފަހުން ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ގިނަ އަދަދެއްގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.
ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޕްރައިވެޓް އެތައް ކުންފުންޏަކަށް ޚާއްސަކޮށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ޕްރައިވެޓް އެތައް ކުންފުންޏަކަށް، މަޝްރޫޢެއް ހަވާލުކުރަން ނިންމަވާފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އޭގެ ސަބަބުންވެސް އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެން ދާނެކަމަށާއި، އޭގެ ސަބަބުން އާންމު އެތައް ރައްޔިތުންނަކަށާއި އެތައް އާއިލާތަކަކަށް، ތަނަވަސްކަންލިބި އިޤްތިޞާދު ކުރިއަރާނެކަމަށެވެ.

މީގެކުރިން ސިޔާސަތުތައް އޮތްގޮތުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި މުޅި އިޤްތިޞާދު އަނދަވަޅަކަށް ވައްޓާފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، “ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ރާއްޖޭގެ 2ވަނަ ނުވަތަ 3ވަނަ ސިނާއަތް ކަމަށްވާއިރު، ސަރުކާރުން މަސައްކަތްކުރާނީ އެ ސިނާޢަތު ވީހާވެސް މައްޗަކަށް ގެންދަންކަމަށްވެ. “އެކި ކުދިކުދި މެދުފަންތީގެ ކުންފުނިތަކާއި، އަދި ބޮޑެތި ބައެއް ކުންފުނިތަކަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް، އަޅުގަނޑު ވަޢުދުވެފައި ހުރި އެތައް ވަޢުދެއް ފުއްދުމަށްޓަކައި، އޭގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، ކުޅިވަރާ ގުޅޭ އިމާރާތް ކުރުމާއި، މިސްކިތްތަކާއި، މިހެންގޮސް އެތައް ތަނެއް އެޅުމުގެ މަސައްކަތް އެބަ ހަވާލުކުރަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހަމައެކަނި މަސައްކަތް ކުރުވަނީކީ އެސް.އޯ.އީ.ތަކާ ހަވާލުކޮށްގެން ނޫންކަމަށާއި، އެކަން ކުރާނީ ތަރުތީބު ކުރެވިގެން، ޕްލޭންވެސް ކޮށްގެންކަމަށެވެ. އެގޮތުން އެއިރަކު މަސައްކަތް ކުރަން އެންމެ ރަނގަޅު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ މަސައްކަތެއް ހަވާލުކުރަންޖެހޭނެ ފަރާތްތަކާ ޤާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ހަވާލުކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުންނަށް ބޭނުންވާ މިފަދަ ހުރިހާ ކަމެއް ތަރުތީބުކުރެވިގެން، ފައިސާ ޗާޕުކުރުމަކާ ނުލައި، ސަރުކާރުން ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންނަށް ހޯދައިދިނުމާއި، ޢަދުލުވެރިކަމާ އެކީގައި ރައްޔިތުން މުއްސަނދިކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުންފުނިތަކާ ސަރުކާރުގެ މަޝްރޫޢުތައް ހަވާލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ވަނީ ނިމިދިޔަ ސަރުކާރުން ކުންފުނިތަކަށް ނުދައްކާހުރި އެތައް ހާސް މިލިއަން ރުފިޔާގެ ބިލުތަކަށް އަދުގެ ސަރުކާރުން ފައިސާދީ ނިމެމުންދާ ދަނޑިވަޅެއްގައެވެ. ދިހަވަރަކަށް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާ ދީ ނިންމާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެބިލުތަކަށް ފައިސާ ދެއްކުމުން ދިވެހި އެތައް ރައްޔިތުންނެއްގެ ކުދިކުދި ކުންފުނިތައް، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބި، އެތައް ރައްޔިތަކަށް ތަނަވަސްކަން ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
