
(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދަން މިއަދު ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ އެވެ. އިމިގްރޭޝަނަށް އޮފިސަރުން ހޯދަން މިއަދު ހުޅުމާލޭ ފޭސް 2 ގެ ސަލާހުއްދީން ސްކޫލްގެ ހޯލުގައި ކުރިއަށް ގެންދިޔަ އެ އިންޓަވިއުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އިންޓަވިއުގައި ބައިވެރިވާން ހުޅުވާލީ 30 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އިއްޔެ ހެނދުނުން ފެށިގެން ހަވީރު 4:30 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ ވޯކް-އިންޓަވިއުއަށް ލިބުނީ ވަރަށް ރަނގަޅު ތަރުހީބެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިއްޔެގެ އިންޓަވިއުގައި ޝަރުތު ހަމަވެ، އިންޓަވިއުއިން ފާސްވި ކެންޑިޑޭޓުން އަދި އިތުރު ދެ އިމްތިހާނެއް ފުރިހަމަ ކުރަންޖެހެ އެވެ. އެއީ އިމިގްރޭޝަނުން އެގޮތަށް ކުރިއަށް ގެންދިޔަ ދެވަނަ ވޯކް-އިން އިންޓަވިއު އެވެ. މީގެކުރިން 50 އޮފިސަރުން ހޯދަން ކުރިއަށް ގެންދިޔަ އިންޓަވިއުގައި 876 މީހުން ބައިވެރިވި އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 758 މީހުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
