
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު މެދުކަނޑައިލުމާ އެކު، ޣައްޒާގެ ބޭންކުތައް އަލުން ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ނަމަވެސް، ބޭންކުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ސަބަބަކީ، ޢާންމުންނަށް ދޫކުރާނެ ފައިސާ ނުވަތަ ނޫޓު ބޭންކުތަކުގައި ނެތުމެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާ ނެތުމުން، ޤަތުލުޢާންމަށް ފަހު ވެސް ޣައްޒާގެ ރައްޔިތުންގެ ނިކަމެތި ހާލަތަށް ތަސައްލީއެއް ލިބިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ދެ އަހަރަށް ދެމިގެން ދިޔަ ޤަތުލުޢާންމުގައި ޔަހޫދީ ފައުޖުން ބޮންއަޅައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ ބޭންކުތައް ވެސް ހިމެނެއެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލިތާ ދެ ހަފުތާ ފަހުން، އޮކްޓޫބަރު 16ގައި މި ވަގުތު ކޮޅަށް ހުރި މަދު ބޭންކުތައް ވަނީ ހުޅުވާފައެވެ. އަދި، ބައެއް ޚިދުމަތްތައް ދޭން ފަށާފައެވެ. ނަމަވެސް، އެ ތަންތަނުގައި ދެމިފައި އޮތް ބޮޑެތި ކިޔޫތަކުގައި އެތަކެއް ގަޑިއިރަކު މަޑުކުރުމަށް ފަހު ޣައްޒާގެ ޢާންމުން އެނބުރި ގެއަށް އެނބުރި ދަނީ ހުސްއަތާއެވެ.
“ބޭންކުތަކުގައި ލިކުއިޑިޓީއެއް، އެއްވެސް ފައިސާގެ ނޫޓެއް ނެތް. ހަމައެކަނި ދޭ ޚިދުމަތަކީ ކަރުދާހުގައި ހިންގާ މުޢާމަލާތުތައް،” ޣައްޒާގައި ދިރިއުޅޭ ހަ ކުދިންގެ ބަފައެއް ކަމުގައިވާ 61 އަހަރުގެ ވާއިލް އަބޫ ފާރިސް ބުންޏެވެ. ޒަރޫރީ ބޭނުންތައް ފުއްދުތައް ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ބޭނުންވާނެއެވެ. ކާބޯތަކެތި ގަތުމާއި، ކަރަންޓާއި ނަރުދަނާ ފަދަ ޚިދުމަތްތަކަށް ފައިސާއިން އަގު ދައްކަން ޖެހެއެވެ. ނަމަވެސް، އެއްވެސް ފައިސާއެއް ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ. ޔަހޫދީންގެ ޤަތުލުޢާންމު މެދުކަނޑައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގައިވެން އޮކްޓޫބަރު 10ވަނަ ދުވަހު އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާއަށް ފައިސާ އެތެރެ ކުރުމާ ބެހޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައެއް ނެތެވެ. އަދި، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން އަދިވެސް ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
“ބޭންކުތައް ހުޅުވައިފި، އެއަރ ކޮންޑިޝަންތައް ޖައްސައިފި، ނަަމަވެސް ހަމައެކަނި ފޯރުކޮށްދެމުން ދަނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް އެކަނި، ފައިސާ ޖަމައެއް ނުކުރެވޭ، އެއްވެސް ފައިސާއެއް ނުނެގޭ،” ޣައްޒާގެ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ މުޙައްމަދު އަބޫ ޖައްޔަބް ވިދާޅުވިއެވެ. “މި ކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ގާތަށް ފައިސާ ހޯދަން ދިޔުމަށް [ޣައްޒާގެ ރައްޔިތުންނަށް] ވަނީ މަޖުބޫރުވެފައި، އެ މީހުން [ވިޔަފާރިވެރިން] ދަނީ ބޮޑު ފީއެއް ނަގަމުން، ބައެއް ފަހަރު %20 އަދި %40ގެ ފީއެއް ވެސް ނަގާ.” ހަތް ކުދިންގެ މަޔެއް ކަމުގައިވާ އީމާން އަލް-ޖަޢުބަރީ ބުނީ، ޤަތުލުޢާންމުގެ ކުރިން ބޭންކުތަކުން އެންމެ ގަޑިއިރެއްގެ ތެރޭގައި ޚިދުމަތް ހޯދޭ ކަމުގައެވެ. “މިހާރު ޚިދުމަތް ލިބެނީ ދޭއް ނުވަތަ ތިން ދުވަހު ބޭންކަށް ގޮސްގެން، ބޭންކުގައި މުޅި އުމުރު ހޭދަކޮށްގެން،” އޭނާ ކިޔައިދިނެވެ. އެއިރުން ވެސް ލިބެނީ އެންމެ 125 ޑޮލަރު ނުވަތަ 153 ޑޮލަރަށްވާ ފައިސާ ކަމުގައި އޭނާ ބުންޏެވެ. އެއީ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ކާބޯތަކެތި ގަތުމަށް ވަރަށް ކުޑަ މިންވަރެއް ކަމުގައި ވެސް އޭނާ ބުންޏެވެ.
ޣައްޒާ ޢުދުވާނުގެ ދަށުން އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އެޅުމާ ގުޅިގެން، ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ހޯދުމަށް ޣައްޒާގެ ރައްޔިތުންނަށް އަމިއްލަ މުދާ ވިއްކައިލުމަށް މަޖުބޫރުވިއެވެ. ޣައްޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާއިރު، ގިނަ މީހުން އަތުގައި މި ވަގުތު އެއްވެސް މުދަލެއް ވެސް ނެތެވެ. ފައިސާއެއް ވެސް ނެތެވެ. ކާބޯތަކެތި ގަތުމަށް އޭގެ ތެރެއިން ބައެއް މީހުން މިއަދު ދަނީ ބޭންކުގެ އޮންލައިން އެޕްލިކޭޝަން ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރަމުންނެވެ. ނަމަވެސް، ކުކުޅު ބިހާއި ހަކުރު ފަދަ ތަކެތި އަދިވެސް ލިބެން ހުރީ ބޮޑެތި އަގުތަކެއްގައި ކަން ކަން ޣައްޒާގެ ރައްޔިތުން ފާހަގަކުރިއެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
