
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި ހަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެފްރިކާ ބައްރުގެ 17 ޤައުމަކުން އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ، ފާއިތުވި ހަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ 17 ޤައުމުގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފަށާފައިވާ ކަމުގައެވެ. އަދި، އެތަކެއް ހާސް ބަޔަކަށް ބަލި ޖެހިފައިވާ ކަމުގައެވެ. ޑަބްލިޔުއެޗްއޯން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އެ މުއްދަތުގެ ތެރޭގައި ބަލި ޖެހިފައިވާ 2,862 މީހުން ވަނީ ދެނެގަނެވިފައެވެ. އަދި، ސެޕްޓެންބަރު މަހުގެ 14ވަނަ ދުވަހާއި އޮކްޓޫބަރު މަހުގެ 19ވަނަ ދުވަހާ ދެމެދު، ބަލީގައި 17 މީހަކު ވަނީ މަރުވެފައެވެ. މަރުތައް ރެކޯޑު ކުރެވިފައި ވަނީ އެފްރިކާ ބައްރުގެ ޤައުމުތަކުންނެވެ.
އެ މުއްދަތުގެ ތެރޭގައި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ، އަދި ދަތުރު ކުރާ ޤައުމެއް ކަމުގައިވާ މެލޭޝިޔާ ހިމެނެއެވެ. މީގެ އިތުރުން، ނެމީބިޔާ، ދި ނެދަރލެންޑްސް، ޕޯޗުގަލް އަދި ސްޕެއިނުން ވެސް ބަލި ޖެހިފައިވާ މީހުން ވަނީ ދެނެގަނެވިފައެވެ. އެ ޤައުމުތަކުން ފެނިފައި ވަނީ، ބަލީގެ ކްލޭޑް 1ބީގެ ނަން ދީފައިވާ ވޭރިއެންޓެވެ. މިއީ، މި ވޭރިއެންޓްގެ ފުށުން ބަލި ޖެހިފައިވާ މީހުން އެ ޤައުމުތަކުން ފެނިފައިވާ ފުރަތަމަ ފަހަރެވެ. ސައިންސްވެރިންނަށް އެމްޕޮކްސް, ނުވަތަ މަންކީޕޮކްސް, އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ 1958ވަނަ އަހަރުއެވެ. އެ ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ ކޮންގޯއިންނެވެ. އެއީ, ރާމާމަކުނުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ޢާންމު ގޮތެއްގައި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ.
ނަމަވެސް, 2022ވަނަ އަހަރު އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން އެ ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އެމްޕޮކްސަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. އެމްޕޮކްސް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ހީކެރުވުމާއި, ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި, ބައެއް މީހުންގެ މޫނާއި, އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ. މިއީ، ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
