
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ޗެލްސީ ކުޅުނު 1-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ކޮށްފި އެވެ. ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ޗެލްސީ އިން ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. މިއީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމަށްފަހު އެ ޓީމަށް ލިބިގެންދިޔަ މުހިންމު ތިން ޕޮއިންޓެވެ. ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޗެލްސީ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ޓޮޓްނަމްގެ ގޯލަށް ނުރައްކާތެރި ނުވަ ހަމަލައެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 34 ވަނަ މިނިޓުގައި މޯސެސް ކައިސޭޑޯ ދިން ޕާހަކުން ޖޮއާއޯ ޕެޑްރޯ އެވެ. މިއީ ލަނޑެއް ނުޖެހި 10 މެޗު ދިއުމަށްފަހު އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ޗެލްސީ އަށް ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ޖަހަން ރަނުގެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް މި ދެ ފުރުސަތުގައިވެސް ޖޮއާއޯ ޕެޑްރޯ ފޮނުވާލި ދެ ހަމަލާވެސް ޓޮޓްނަމްގެ އިޓަލީގެ ކީޕަރު ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ. ޓޮޓްނަމް އަށް މުޅި މެޗުގައިވެސް ޗެލްސީގެ ގޯލަށް އަމާޒުކޮށް އުފެއްދިފައިވާ ހަމައެކަނި ހަމަލާ މުހައްމަދު ކުޑޫސް ފޮނުވާލިއިރު ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި ޓޮޓްނަމްގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިމެދު ހިތްހަމަނުޖެހިގެން އެ ޓީމުގެ ސަޕޯޓަރުން ވަނީ ޓީމަށް މަލާމާތްކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ޓޮޓްނަމް އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ. ޗެލްސީ އަށް ލިބުނު ތިން ޕޮއިންޓަށްފަހު އެ ޓީމުން އަންނަ ބުދަ ދުވަހު ނިކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އަޒަރުބައިޖާނުގެ ގަރަބަގް އާއި ދެކޮޅަށެވެ. އަދި އޭގެ ފަހުން އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ވޮލްވްސް އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
