
ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މި މެޗުން މޮޅުވެފައިވާއިރު މިއީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން އެ ޓީމު ބަލިވުމަށްފަހު މޮޅުވި ފުރަތަމަ މެޗެވެ. މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެސްޓަން ވިލާއަށް 10 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.
މި މެޗުގައި ލިވަޕޫލް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެސްޓަން ވިލާގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް އަށް ހެދުނު ބޮޑު ގޯހަކުން މުހައްމަދު ސަލާ އެވެ. މުހައްމަދު ސަލާ މި މެޗުގައި ޖެހި ލަނޑަކީ އޭނާ ލިވަޕޫލް އަށް ޖަހައިދިން 250 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވަނީ އިއާން ރަޝް އާއި ރޮޖަރ ހަންޓްގެ އިތުރުން ލިވަޕޫލް އަށް 250 އަށްވުރެ ގިނަ ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. އިއާން ރަޝް ލިވަޕޫލް އަށް 346 ލަނޑު ޖަހައިދީފައިވާއިރު ރޮޖަރ ހަންޓް ވަނީ 285 ލަނޑު ޖަހާފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އެލެކްސިސް މެކަލިސްޓަރ ދިން ޕާހަކުން ރަޔާން ގްރަވެންބަރޗް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. ދެވަނަ ހާފުގައި ލިޕަލޫލް އިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ މި މެޗުގައި އިތުރު ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
