
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގްރީންސްޓްރީޓް އިން އަދިވެސް މަސައްކަތްކުރާނީ ނުވަ ޕޮއިންޓު ޔަގީންކުރުމަށްކަމަށާ އެއަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް އެޓީމު ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނެފިއެވެ. ހުކުރު ދުވަހު އޮޑި ސްޕޯޓްސް ކުލަބާ ވާދަކޮށް 4-0 ގެ ބޮޑު ފަރަގަކުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނިސްތާރު ބުނީ މެޗާ ކުރިމަތިލީ ޓީމުގެ ސިސްޓަމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެންކަމަށެވެ. އެހެންނަމަވެސް އެބަދަލުގެ ފައިދާއެއް އަދި ނުފެންނަކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އަދިވެސް އުންމީދު ގެއްލުވާނުލާ ހިތްވަރުކުރާނެކަމަށް އޭނާ ބުންޏެވެ.
“ޕްލޭން މިހާރު މިމެޗާ ކުރީ މެޗާވެސް އަޅުގަނޑުމެން ސިސްޓަމަށްވެސް ބަދަލެއް ގެނައިން. އަދި އޭތި ވޯރކްވާގޮތެއް ނުވޭ އެކަމު. ނިސްތާރު ބުންޏެވެ. ނިސްތާރު ބުނީ ކުރިއަށް އޮތް ނިއުރޭޑިއަންޓު މެޗަކީވެސް އުނދަގޫ މެޗަކަށްވާނެކަމަށެވެ. ލީގުގަ މިހާތަނަށް ދަށް ނަތީޖާތަކެއް ގްރީންސްޓްރީޓްއިން ނެރެފަވާއިރު އެކަމުގެ އެއް ސަބަބަކީ ލީގުގެ ކުރީކޮޅު ގެއްލިގެން ދިޔަ މެޗުތައްކަމަށް ގަބޫލުކުރެވޭކަމަށް ނިސްތާރު ބުނެފަވެއެވެ. އެނަތީޖާތަކާ ގުޅިގެން ކުޅުންތެރިން އަދި ކޯޗިން ސްޓާފުންނަށްވެސް ޕްރެޝަރުކުރިމަތިވެފަވާކަމަށް އޭނާ ހާމަކުރިއެވެ. “ފުރަތަމަ ކޮޅުގަ މެޗުތަކެއް ލޫސްވީމަ، މިހާރު ވަރަށް ބޮޑަށް ޕްރެޝަރު އެންމެންނަށްވެސް، އަޅުގަނޑު އެކަންޏެއް ނޫން ޕްލެޔަރުންނަށްވެސް އެ ޕްރެޝަރު އަންނާނެ މިހާރު. އެހެންވީމާ އެއުނދަގޫ ވަރަށް” ނިސްތާރު ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލީގުގަ އަދިވެސް ގްރީންސްޓްރީޓް އަށް ނުވަ ޕޮއިންޓު ހޯދުމުގެ ފުރުސަތު އޮތްއިރު، އަދިވެސް އުންމީދަކީ ހިތްވަރާއެކު ނުކުމެ އެ ނުވަ ޕޮއިންޓު ޔަގީންކުރުންކަމަށް ނިސްތާރު ބުންޏެވެ. ޓީމަށް އަނިޔާގެ މައްސަލަތައްވެސް ކުރިމަތިވެފަވާކަމަށާ އެކަން ބެލުމަށްފަހު ކުރިއަށް އޮތް މެޗާ ދޭތެރޭ ވިސްނާނެކަމަށް އޭނާ ބުންޏެވެ. “އަޅުގަނޑު އަދިވެސް މަސައްކަތްކުރާނީ އެ ނުވަ ޕޮއިންޓަށް. މިހާރު އެއައީ މިއަދު ދެތިން އިންޖަރީ. އެހެންވިމާ އެއެއްޗެހި އެސެސްކޮށްފަ މިއީ ރިއަލިސްޓިކް ޓާގެޓެއްތޯ ބަލާނީ. އަޅުގަނޑުމެން މަސައްކަތްކުރާނަން ޓު ދަ ބެސްޓު” ނިސްތާރު ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން ވީ ބައްޔާއެކު ގްރީންސްޓްރީޓް ވަނީ ތާވަލުގެ ފުލަށް ގެއްލުނު ގޯލާއެކު ވެއްޓިފައެވެ. މިހާތަނަށް އެޓީމުން ހަ މެޗު ކުޅެފަވާއިރު މޮޅުވެފަވަނީ ހަމަ އެންމެ މެޗަކުންނެވެ. ލީގުގަ ގްރީންސްޓްރީޓް ދެން ނުކުންނަންޖެހޭނީ މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު ވަރުގަދަ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. ނިއުރޭޑިއަންޓު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
