
ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ ހދ. އަތޮޅުގެ ފުރަތަމަ މެޗުގައި ނެއްލައިދޫ ބަލިކޮށް، ކުޅުދުއްފުށި ސިޓީން ފެށުން ރަނގަޅުކޮށްފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެޓޯލް ޗެމްޕިއަންޝިޕް އެކުލަވާލާފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނާ ހަމައަށް އައުމަށް ފުރުސަތު ފަހިވާ ގޮތަށެވެ. އެގޮތުން ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާފައިވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ. ހދ. ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. އަދި ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ. އެއީ ދެވަނަ ޑިވިޝަނުގެ ކްލަބުތަކާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކެވެ.
އެޓޯލް ޗެމްޕިއަންޝިޕުގެ ކުޅުނު މިއަދު ހަވީރު ފެށިއިރު، ހދ. އަތޮޅުގައި ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ކުޅުދުއްފުށިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މުޙައްމަދު މުންސިފް ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިފާނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ކުޅުދުއްފުށިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ ޝެނަލް ސަންދޭޝްއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޅުދުއްފުށިން ތިންވަނަ ލަނޑެއް ޖެހިއިރު، މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަނޫސް އާދަމެވެ.
މި މެޗުގައި ކުޅުދުއްފުށިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޝިފާނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ނެއްލައިދޫން ވަނީ ލަނޑެއް ޖަހާފައެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ވަހީދެވެ. އަދި މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ނެއްލައިދޫން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުޙައްމަދު ނިޝާހެވެ. މިއީ އޭރިއާ ތެރެއިން ނެއްލައިދޫގެ ކެޕްޓަން މުޙައްމަދު އަސްލަމަށް ކުޅުދުއްފުށީގެ ހުސެއިން އަޙްމަދު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެޓޯލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅުގެ ފުރަތަމަ މެޗުން ކުޅުދުއްފުށި މޮޅުވިއިރު، މި އަތޮޅުގައި ހިމެނެނީ ހަތަރު ޓީމެވެ. އެއީ ކުޅުދުއްފުއްޓާއި ނެއްލައިދޫގެ އިތުރުން ނޮޅިވަރަމް އާއި ހަނިމާދޫއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
