
(ފޮޓޯ ކްރެޑިޓްސް: އަދަދު)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހޯދި މޮޅާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ވކްޓަރީ މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. ޔޫވީ އަތުން ހޯދި މޮޅާއެކު ވިކްޓަރީން ކުރިއަށް ޖެހިލީ 6 މެޗުން ހޯދި 9 ޕޮއިންޓާއެކުވެ. ޔުވީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފަ ނުވާއިރު އެޓީމު އޮތީ 6 މެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލުގެ 6 ވަނައިގައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުން ވެސް ހަމާލަތައް އުފެއްދުމުގައި ނާކާމިޔާބު ވީއިރު ރަނގަޅު އެޓޭކެއް ވެސް ދެޓީމަށް އުފެއްދިފައެއް ނުވެއެވެ. މެޗުގެ 14 ވަނަ މިނިޓުގައި ވިކްޓަރީގެ މުހައްމަދު އަސްފާން އޭރިޔާ ބޭރުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިމަތިންނެވެ.
ފުރަތަމަ ހާފުގެ 24 ވަނަ މިނިޓުގައި ޔޫވީގެ މިސްރު ފޯވާޑް މުސްތަފާ މަހްމޫދް އެލްޝާޒްލީ ހާފުގެ މެދެއްހާ ހިސާބުގެ ހުރެފަ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. މެޗުގެ 70 ވަނަ މިނިޓުގައި ޔޫވީގެ އިޝްއާފް މުހައްމަދު ފިރާގު ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ. މެޗުގެ ފެނިގެންދިޔަ ހަމަ އެކަނި ލަނޑަކީ ވިކްޓަރީ ހުސެން ނިޔާޒް މުހައްމަދު އޭރިއާ ތެރެއަށް ވަދެ ދިންބޯޅަ އެއް އެޓީމުގެ ބްރެޒިލް ފޯވާޑް ލަޑްމީރް އެވެޓަން ޑަސިލްވާ ފުރަތަމަ ފޮނުވާލުމުން ބްލޮކްވި ބޯޅަ ދެވަނަ ފަހަރު ލބުމުން އޭނާ ވަނީ ގޯލުގެ ދުރުކަނަށް ބޯޅަ ވައްދާލާފައެވެ. ވިކްޓަރީން ލީގުގައި ދެން ނުކުންނާނީ ޒަމާންވީ ވާދެވެރިއާ ކުލަބް ވެލެންސިޔާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
