
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 4-0 ގެ ބޮޑު ތަފާތަކުން ގްރީން ސްޓްރީޓްސް ބަލިކުރި މެޗަށްފަހު އެޓީމުގެ ސްޕެއިންގެ ކޯޗު އަންދްރޭސް ގާސިއާގެ ތައުރީފު އޮދީގެ ކުޅުންތެރިންނަށް އޮއްސާލައިފިއެވެ. އެމެޗުން ލިބުނު މޮޅާއެކު 16 ޕޮއިންޓު ކަށަވަރުކޮށް ލީގު ތާވަލުގެ ދެވަނައަށް އޮޑިން ޖެހެލާފަވާއިރު ކޯޗު ބުނީ ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅުނީ ފަސޭހަ މެޗެއްކަމަށް އޭނާ ބުންޏެވެ. މެޗުގެ ކުރީކޮޅު އޮޑިން ގާތްގާތުގައި ދެގޯލު ޖަހާ ހަމަޖެހިލިކަމަށާ އެމެޗަކީ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗެއްކަމަށް އޭނާ ބުންޏެވެ.
“މެޗުގެ ކުރީކޮޅު ގޯލުތައް ޖަހަންފަށައިފި. މިމެޗުގައި އޮޑިންވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށްކޮށްފަ. ވަރަށް ހަމަޖެހިލައިގެން ޓީމުން ކުޅެމުން ގެންދިޔައީ. ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ކުޅުނު” ގާސިއާ ބުންޏެވެ. މިދިޔަމަހުގެ 26 ވަނަ ދުވަހު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ބަލިކުރި މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ ޕްލޭނާ ޚިލާފަށް ކުޅުނު މަންޒަރުކަމަށާ އެމެޗާ ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް މީގެ ކުރިން ގާސިއާވަނީ ބުނެފައެވެ. އެހެންނަމަވެސް ހުކުރުދުވަހުގެރޭ އޮޑިން ދެއްކި ކުޅުމަކީ ތައުރީފު ހައްގު ކުޅުމެއްކަމަށާ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ސާބަސްދޭކަމަށް އޭނާ ބުންޏެވެ.

(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް)
ގްރީންސްޓްރީޓްސް މެޗަށްފަހު ލިބުނު 16 ޕޮއިންޓާއެކު ހިތްހަމަ ޖެހިއްޖެކަމަށާ އުންމީދަކީ މެޗަކުން ބަލިނުވެ ލީގު ނިންމާލުންކަމަށް ކޯޗު ބުންޏެވެ. ކުރިއަށް އޮތީ ލީގުގެ އެއްވަނަ ޓީމާ ދެކޮޅަށް ނުކުތުންކަމަށާ އެހެންނަމަވެސް އޮޑިންވެސް ހިތްވަރުކުރާނީ މެޗު ކާމިޔާބުކުރުމަށްކަމަށް ގާސިއާ ބުންޏެވެ. “މާޒިޔާއަކީ ވަރަށް ފެންވަރު ރަނގަޅު ޓީމެއް. އޮޑިންވެސް ހަމަ ވަރަށް މަސައްކަތްކުރާނަން. އިދިކޮޅު ޓީމުންވެސް ކުޅޭނެ. އަހަރުމެންގެ ކުޅުންތެރިންގެ ހުނަރުވެސް ހަމަ ފެނިގެންދާނެ. ގައިމުވެސް ފެންވަރު ރަނގަޅު މެޗަކަށް އެމެޗުވާނެ. އަހަރުމެން ނުކުންނާނީ އެމެޗުވެސް ގެންދަން” ގާސިއާ ބުންޏެވެ.
ގާސިއާ ބުނީ ލީގުގަ ޖެހިލުންވާ ޓީމެއް ނެތްކަމަށާ އަބަދުވެސް އަމާޒަކީ ބަލިނުވެ ލީގު ނިންމާލުންކަމަށެވެ. އެހެންކަމުން ބޭކާރު ފިކުރުތަކުން ދުރުވެ ކުޅުންތެރިންގެ ހުރިހާ ފޯކަސްއެއް އަބަދުވެސް އޮންނާނީ ކުރިއަށް އޮތް މެޗަށްކަމަށާ އޮޑީގެ ކޮންމެ ކުޅުންތެރިއަކަށްވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށް އޭނާ ހާމަކުރިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފަވަނީ މިމަހުގެ 7 ވަނަ ދުވަހުގެރޭ 09:00 ގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
