
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްޤީގެގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހި ފުރުޞަތެއްކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙަށް މިއަދު ޢަމަލުކުރަން ފެށުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ، ރައްޔިތުން އިންތިޚާބުކުރާ ވެރީންނަކީ ދުރައްވިސްނާ، ޢާއްމު މަންފާ އިސްކޮށް، ޤައުމީ މަސްލަޙަތު ކުރިއަށްނެރޭ ބަޔަކަށްވާންވާނެކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ނިންމެވި ނިންމުމަށް ވަޒީރު ވަނީ މަރުޙަބާ ދަންނަވާފައެވެ. މީގެއިތުރުން، އިޖުތިމާޢީ މިފަދަ އެތައް ކަމަކަށް އިސްލާޙީ ފިޔަވަޅު އަޅުއްވަމުން ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރުއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ޤައުމީ މަސައްކަތްޕުޅުގައި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި ވަނީ ދުޢާ ދަންނަވާފައެވެ.
ރައީސް ޑރ.މުޢިއްޒުގެ މިތާރީޚީ އަދި ހިއްވަރުގަދަ ނިއްމުމަށް ހޫނުމަރުޙަބާއެއް ދަންނަވަން.
ޤައުމަކަށް ސިއްޙީގޮތުން ދުޅަހެޔޮޖީލެއްލިބިފައިވުމަކީ އެޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ ތަރައްޤީގެގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހިފުރުސަތެއް.
ރައްޔިތުންއިންތިހާބުކުރާ ވެރީންނަކީ… https://t.co/HPLrvfol9C— Mohamed Saeed (@em_saeed) November 1, 2025
މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ޢަމަލުކުރަން ފެށުމާއެކު މަރުޙަބާ ދަންނަވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މިކަމަކީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި، އެހެންނަމަވެސް ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިންމު އެއްކަންކަމަށެވެ. މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާޒާތުގެ ފިއްތުންތަކާ އެކިކަހަލަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަބަދުވެސް ތިބޭނެކަމަށާއި، ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަވެެރިން ފެއިލްވަނީ މިފަދަ އެކިކަހަލަ ނުފޫޒުގައި ޖެހި ދީއްލާލެވިގެންކަމަށެވެ. ވަޒީރު ވިދާޅުވީ މިއަދު އަނެއްކާވެސް ރައީސް ސާބިތުކޮށްދެއްވީ، އެމަނިކުފާނަކީ ޤައުމާ ރައްޔިތުންގެ ޙައްޤުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރައްވާނެ ވެރިއެއްކަންކަމަށެވެ.
ޤައުމެއްގެ ޙަޔާތުގައި މިފަދަ ކަންކަން ކުރެވެނީ ނިކަން މައިބަދަ ވަރުގަދަވެރިންނަށް. މިއީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި އެހެނަސް ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިއްމު ކަންކަން. މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާޒާތުގެ ފިއްތުންތަކާ… pic.twitter.com/NJV7RjjPRY
— Ahmed Shiyam (@Shiyamaldives) October 31, 2025
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާޙަށް ޢަމަލުކުރަން ފެށުމާއެކު، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން، ދުންފަތުގެ އިސްތިއުމާލުކުރުން މިއަދުން ފެށިގެން މަނާވާނެއެވެ. އަދި މި ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުންވެސް މަނާވާނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
