
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެފަދަ ކުޑަ ޤައުމަކުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުކަމީ ޤައުމުތަކުގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދިޔަ ކަމެއްކަމަށާއި، މިއީ ޤައުމުތަކުން ކުރާ މިފަދަ މަސައްކަތްތަކުގައި ރާއްޖެއަކީ ނަމޫނާ ޤައުމެއްގެ ގޮތުގައި ބެލެވިގެންދާނެ ނިންމުމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” ތަންފިޒުކުރަން ފެށުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ތަޢުލީމީ ވަޒީރު ވިދާޅުވީ، މި ނިންމުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ބޮޑު ތަޢުރީފު ލިބިފަވާއިރު، ޤައުމުތަކުގެ ބޮޑު ތާޢީދެއްވެސް މިކަމުގައި ލިބިގެން ހިނގައްޖެކަމަށެވެ.
“ކުޑަ ޤައުމަކަށްވެ އޮވެ، ރާއްޖެއިން ނެގި ނިންމުމަކަށް ޤައުމުތަކުން ވަރަށް ޕޮޒިޓިވްކޮށް ވަނީ ބަލައިގެންފައި. ކުޑަ ޤައުމަކުން މިފަދަ ނިންމުމެއް ނިންމާ، ކުރީ ސަފަށް ނިކުތުމަކީ ބޮޑު ފަޚުރެއް. އެހެންޤައުމުތަކުން މިފަދަ ނިންމުންތަކަށް އަންނައިރު ރާއްޖެއަކީ ނަމޫނާއަކަށް ބަލާ ޤައުމަކަށް ވާނެ.” ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެންމެ ފުރަތަމަ ވޭޕް މަނާކުރިއިރުވެސް އެކަމާ ގުޅޭގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އިސްވެރިންނާ ޕީޓީއޭއާއި މަޢުލޫމާތު ޙިއްސާކުރިކަމަށާއި އެކަމުގައިވެސް ވަރަށް ބޮޑު ތަޢީދެއް ލިބޭކަން ހާމަވިކަމަށެވެ. މިއީ ކޮންމެހެން މަނާކުރަންޖެހޭ ކަމެއްކަމުގައި އެފަރާތްތަކުން ފަހަގަކުރިކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ތަޢުލީމީ ވަޒީރު ވަނީ މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، މިއީ ކުރިމަގު ބިނާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކިގެން އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ބަލިތަކުން ރައްކާތެރި ދުޅަހެޔޮ އަދި އަޙުލާގަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ނިންމުމެއްކަމަށެވެ. ވަޒީރު ވަނީ ސްކޫލް ދަރިވަރުންގެ މެދުގައި މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލްތަކުގައި ޕްރޮގްރާމްތަކެއް ހިންގާނެކަމަށް ވިދާޅުވެފައެވެ. “ތަޢުލީމީ މުޤައްރަރުގެތެރެއިން އަދި ސްކޫލް ފިލާވަޅުތަކުގެތެރެއިން ދަރިވަރުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނަން. މި ނިންމުން ތަންފީޒުކޮށް ކާމިޔާބުކުރެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދުންފަތަކީ އެކަމުގެ ސަބަބުން އިޖްތިމަޢީ އަދި އިޤްތިޞާދީ އެތައް ގެއްލުންތަކެއް ކުރިމަތިވާ ކަމެއްކަން އަދަދުތަކުން އިނގޭކަމަށެވެ. އެގޮތުން 2012ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގައި 1 ލައްކަ 30ހާހަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. އަދި މިދިޔަ އަހަރު އެޗްޕީއޭއިން އާއްމުކުރި މަޢުލޫމާތަށް ބަލާއިރު، ސީދާ ދުންފަތާ ގުޅުންހުރި ބަލިތަކުގައި 150 މީހުން މަރުވެފަވާކަމަށެވެ. މާލީގޮތުން ބަލާއިރު، އަހަރަކު އެވަރެޖްކޮށް ދުންފަތާ ގުޅުންހުރި މުޢާމަލާތްތަކުގައި 1.8 ބިލިޔަން ރުފިޔާ ހޭދަކުރާނަކަން ހާމަވާކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ މި ނިންމުމަކީ ހުރިހާ ގޮތަކުންވެސް ޤައުމަށް ފައިދާވާނެ ނިންމުމެއްކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
