
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ނުލިބި ހުރި އެތައް މައްސަލަތަކަކަށް ވަށާޖެހޭ ހައްލުތަކެއް ހޯއްދަވައިދެއްވުމުގެ ވަރުގަދަ އަޒުމުގައެވެ. ޒަމާންތަކެއް ވަންދެން ދިވެހި މުޖްތަމަޢުގައި މޫލާފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަކީ އުނދަގޫފުޅު މަސައްކަތަށްކަށްވީނަމަވެސް އެމަނިކުފާނުގެ ހިތްވަރުގަދަކަމާއި ކެރިވެވަޑައިގަންނަ ޝަހުސިއްޔަތުގެ ސަބަބުން އެ މައްސަލަތަކަށް ހައްލު ހޯއްދެވުންވީ އުނގަދޫފުޅު މަސައްކަތަކަށް ނޫނެވެ. މިގޮތުން ދުންފަތުގެ ނުރައްކަލުގެ މައްސަލައަކީ އޭގެތެރެއިން އެއް މައްސަލައެވެ.
ދިވެހިންގެ ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ ދުންފަތުގެ މައްސަލައަށްވެސް ހައްލު ހޯއްދެވުމަށް މީގެކުރިން އެކި ވެރީންގެ ޒަޢާމަތުގައިވެސް މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ނަމަވެސް އެކި ފަހަރު މަތިން ސިނގިރޭޓުގެ އަގު ކޮންމެވެސް މިންވަރަކަށް އުފުލާލުމުގެ ގޮތުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނެތެެވެ. ތަޖުރިބާކާރުންގެ ވާހަކަތަކަށް ބަލާއިރު، ދުންފަތުގެ ވަބާއިން އަދުގެ ޖީލާއި އަންނާން އޮތް ޖީލުތައް ސަލާމަތްކުރެވެން އޮތީ މީގެކުރިން އަޅާފައިނުވާފަދަ ބޮޑެތި ފިޔަވަޅުތަކެއް އަޅައިގެނެވެ. އެގޮތުން ސިނގިރޭޓް އަގުބޮޑުކުރުމުގެ އިތުރުން ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރުފުރަކުން ފެށިގެން ހަގު ކުދިންނަށް ދުންފަތް މަނާކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލުކަން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ވެރިންނަށްވެސް އެކަން ކުރަން ކެރިވެވަޑައިނުގަންނަވަނީ ސިޔާސީގޮތުން އޮންނަ ތާއީދު ކުޑަވެދާނެކަމުގެ ބިރަށްކަން މިއީ އެންމެން ދަންނަ ސިއްރެކެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންނަށްވެސް އެކަން ކުރަން ކެރިވަޑައިނުގަންނަވަނީ އެ ސަބަބުތަކަށްޓަކައިކަން މިއީ ދިވެހިންވެސް ދަންނަ ހަޤީޤަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތީ ކުރިންވެސް ދެންނެވިފަދައިން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ އިހްލާސްތެރި ނިޔަތާއެކުއެވެ. އެގޮތުން ދުންފަތާއި ގުޅޭ ކަންކަމުގައި އާދައިގެ ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި އެމަނިކުފާނު އެޅުއްވީ ބޮޑެތި ފިޔަވަޅުތަކެކެވެ. މުޖްތަމަޢުގައި އާއްމުވަމުން ދިޔަ ވޭޕްއާއި އެހެނިގެން އިލެކްޓްރޯނިކް ސިނގިރޭޓު މަނާކުރެއްވިއެވެ. ދުުންފަތުގެ އިސްތިއުމާލްކުރާ މީހުން އެއާ ދުރުކުރުމަށްޓަކައި މިއިން ޒަމާނަކު ބޮޑުނުކުރާ މިންވަރަށް އޭގެ ޑިއުޓީ ވަނީ ބޮޑުކުރައްވާފައެވެ. އަދި މުސްތަޤްބަލުގައި ޤައުމުގެ ކަންކަމާއި ހަވާލުވާން ތިބި އަދުގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމަށް ނިންމަވައި، ޤާނޫނީގޮތުން އެކަމަށް ބޭނުންވާ އިޖުރާޢަތުތައް ފުރިހަމަކޮށް، މިއަދުން ފެށިގެން ޖެނެރޭޝަނަލް ބޭންއަށް މިވަނީ އަމަލުކުރަން ފަށާފައެވެ.
މި ބޭންގެ ސަބަބުން 2007 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ކުދިންނާއި އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާވާނެއެވެ. ދުންފަތުގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އަޅުއްވާފައިވާ ފިޔަވަޅުތަކަކީ މީގެކުރިން ވެރިކަންކުރެއްވި އެހެން ބޭފުޅުންނަށްވެސް އެޅުއްވެން އޮތް ފިޔަވަޅުތަކެއްކަމާމެދު ޝައްކެއް ނެތެވެ. މިގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމަށް އޭރު އޮތް ވަޒީރުންގެ މަޖިލީހަށް އެކަމާއި ގުޅޭ ކަރުދާހެއްވެސް ހުށަހެޅުއްވިކަމަށް އޭރުގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ބޭފުޅުންގެ ކިބައިގައި އެކަން ކުރެއްވުމުގެ އިހްލާސްތެރިކަން ނެތިތޯ ނުވަތަ އެކަން ކުރަން ކެރިވަޑައިގަތުމުގެ ހިތްވަރު ނެތީތޯ މިއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ. ހަމަގާއިމުވެސް ފެންނަން އޮތް ހަޤީގަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ކިބައިގައި މައްސަލަތައް ހައްލުކުރަން ފިޔަވަޅުތައް އެޅުއްވުމުގެ ހިތްވަރު ހުންނެވިކަމާއި، އަދި އެކަމުގެ އިހްލާސްތެރިކަންވެސް ހުންނެވިކަމެވެ.

ރައީސް މުޢިއްޒުއާ ކުރިމަތިވެވަޑައިގެން މައްސަލަތަކަކީ މީގެކުރިން ވެރިކަންކުރެއްވި އެހެން ވެރިންވެސް ހައްލު ހޯއްދަވަން އަޒުމް ކަނޑައެޅުއްވި މައްސަލަތަކެކެވެ. ބިދޭސީންގެ މައްސަލައާއި، ޑޮލަރުގެ މައްސަލައާއި ދުންފަތުގެ މައްސަލަތައްފަދަ ބޮޑެތި މައްސަލަތަކަށް މީގެކުރިން ވެރިކަންކުރެއްވި ބޭފުޅުން ގެންނަން ބޭނުންވި ހައްލުތައް ގެނައުމަށް ދަތިފުޅުވީ އެތެރެއިންނާއި ބޭރުން ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުތަކުގެ ސަބަބުންނާއި ސިޔާސީގޮތުން އޮންނަ ތާޢީދު ކުޑަވެދާނެކަމުގެ ބިރަށެވެ. އިހްލާސްތެރިކަމާއެކު މައްސަލަތައް ހައްލުކުރުމުގެ އަޒުމުގައި ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް މިހާތަނަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުކަމާމެދު ޝައްކެއް ނެތެވެ. އެކަމާމެދު ޝައްކު އުފައްދާނެ ޖާގައެއް ނެތް މިންވަރަށް އެމަނިކުފާނުގެ މަސައްކަތްޕުޅުން ދަނީ ސާބިތުކޮށްދެއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
