
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޒަމާން ބަދަލުވެ މާލީ މުޢާމަލާތްތައް ކުރާ ގޮތަށް މިހާރު މިވަނީ ބަދަލުވެފައެވެ. މި ބަދަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަހުލުވެރިވަމުންދާއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް މިހާރު ކޮންމެ ރަށެއްގައި ބޭންކެއް ހުންނާކަށް ނުޖެހެއެވެ. ބޭނުންވަނީ އޭޓީއެމްއެކެވެ. ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖެއަށް އޭޓީއެމް ޚިދުމަތް ތަޢާރަފްކުރީ، 2000 ވަނަ އަހަރުއެވެ. ބޭންކު ތެރޭގައި ދިގު ކިއުތަކުގައި ނަގުދު ފައިސާއާއި، ޗެކުތައް ހިފައިގެން ގޮސް ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެނެސް، އެކަން ރައްޔިތު މީހާގެ އަތަށް އަމިއްލަ އެކައުންޓުގެ މާލީ ބާރުވެރިކަން ފޯރުކޮށްދިނެވެ. ވެރިރަށް މާލޭގައި އެންމެ 5 އޭޓީއެމް ބަހައްޓައިގެން ފެށި ޚިދުމަތާއެކު ރާއްޖޭގެ ބޭންކިން ސިނާޢަތް ބަދަލުކޮށްލިއެވެ. ވެރިރަށް މާލޭގައި މި ޚިދުމަތް ދޭން ފެށިތާ 7 އަހަރު ފަހުން އަތޮޅުތަކަށް ޚިދުމަތް ފުޅާކުރިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި މީހުން ދިރިއުޅޭ 190 އެއްހައި ރަށް އޮތްއިރު، 2008 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު މި ޚިދުމަތް ޤާއިމް ކޮށްފައިވަނީ އެންމެ 67 ރަށުގައެވެ. އަދި 2024 ވަނަ އަހަރު މި ޚިދުމަތް ޤާއިމްކޮށްފައިވަނީ، އެންމެ 9 ރަށުގައެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޭޓީއެމް ޚިދުމަތް ނުދެވޭއިރު، މިކަމަކީ ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އޮތް ކަމެކެވެ. މީގެ ކުރިން ރަށު ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވަން މާލެ އައިސް، އަބަދުވެސް ކުރާ އެއް ޝަކުވާއަކީ އޭޓީއެމް ޚިދުމަތް އެ ރަށެއްގައި ނެތުމެވެ. ކޮންމެ ރަށަކުންވެސް މި ޝަކުވާ އަންނަމުން ދިޔަ ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކަށް މިކަން ހައްލުކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން މަސައްކަތް ކުރެވިފައެއް ނެތެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ، ސަރުކާރުގެ %62.2 ހިއްސާ އޮންނަ ތަނަކަށްވާއިރު، މިކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފް ހާމަކުރެއްވި ގޮތުގައި 2023 ވަނަ އަހަރު ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް އޭރުގެ ސަރުކާރުން ނިންމައި، އެކަމަށް ބޭންކުން ސަރުކާރަށް ދޭ ޑިވިޑެންޑުން ކަނޑާގޮތަށް ޚަރަދުކުރާ ގޮތަށް ހަމަޖެއްސިއެވެ. ނަމަވެސް 52 އޭޓީއެމް ގަތުމަށްފަހު ގުދަންކޮށްފައި ބެހެއްޓުމުގެ އިތުރަށް އެ މަސައްކަތް ކުރިއަށް ގޮސްފައި ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ އެމަނިކުފާނު ފައްޓަވައި ދެއްވި “މުޅި ރާއްޖެއަށް އޭޓީއެމް” މަޝްރޫޢު ދަށުން ރާއްޖޭގެ 20 އަތޮޅެއްގެ 105 ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. މުޅިއެކު 9 މަސް ދުވަހުން ފުރިހަމަ ކުރި މިމަސައްކަތް ބޭންކުން ކުރީ، ކުރިން މިކަން ކުރަން ކަނޑައެޅި އަގަށްވުރެ މާ ކުޑަކޮށް ކަމަށް ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“9 މަސްތެރޭ އަޅުގަނޑުމެންގެ ޓީމުން މިވަނީ، 105 ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާޢިމްކޮށްފައި. މިހާ އަވަހަށް އޭޓީއެމް ބަހައްޓާ ނިންމާލީ، ކޮސްޓް އިފެކްޓިވް ހަރުދަނާ މޮޑެލްއަކަށް. ކުރީގައި އޭޓީއެމް ބަހައްޓަމުން އައި އަގާ އަޅާބަލާއިރު 3 ބައިކުޅަ އެއްބައި ޚަރަދު ކުޑަކޮށް.” ޝަރީފް ވިދާޅުވިއެވެ. ރައްޔިތުން މީގެކުރިން އަސާސީ ބޭންކިންގ ޚިދުމަތް ހޯދުމަށް ދުރު ރަށްރަށަށް ކަނޑު ހުރަސްކޮށް ދަތުރުކުރަން ޖެހުނެވެ. ނަމަވެސް މިއަދު ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދޭއިރު، މިއީ ރަށްރަށުގެ އިޤްތިޞާދަށް ލިބޭ ކުރިއެރުމެކެވެ. ރައްޔިތު މީހާއަށް ލިބޭ މާލީ މިނިވަންކަމާއި ބާރުވެރި ކަމެކެވެ.
ލޯނު ދެއްކުމާއި، ފައިސާ ނަގައި ޖަމަޢުކުރުމުގެ ޚިދުމަތާއެކު ދެން ޑިޖިޓަލައިޒް ނިޒާމެއްގެ ތެރެއިން ބޭންކިންގ ހުރިހާ ޚިދުމަތެއް އަމިއްލަ ވަޒަނުގައި ތިބެގެން ލިބޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. ވެރިން އަރިހަށް މާލީ ބާރުވެރިކަން ހޯދުމަށް އާދޭސް ކުރަމުން ދާންޖެހޭ ޖެހުން ނިމުމަކަށް ގެނެސްދިނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްސަ އަހަމިއްޔަތުކަމުން ކަން ޝައްކެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
