
(ފޮޓޯ ކްރެޑިޓްސް: ލާމު ޕޮލިސް)
މީގެ ކުރިން ރާއްޖޭގެ އެންމެ ދުރުފަސް ރަށްރަށަށް ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ވަގުތު ނަގާކަން ފާހަގަކުރެވިފައިވެއެވެ. އެހެންނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިކަމަށް ބޮޑު ބަދަލެއް ގެނެސް، ރާއްޖޭގެ އާބާދީ ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ޤާއިމުކޮށްފައެވެ. ކުރިން ހަމައެކަނި ހުވަފެނެއްގެ ގޮތުގައި އޮތް މި މަސައްކަތް، ވަޢުދުވި ތާރީޚުގެ ކުރިން ހަޤީޤަތަކަށް ހަދާފައިވަނީ، ފުލުހުންގެ ޕޮލިސް ޑެސްކު، ޕޮލިސް ޕޯސްޓު އަދި މަރުކަޒުތައް މެދުވެރިކޮށެވެ. ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް ނެތް 66 ރަށުގައި މިހާރު މި ޚިދުމަތް ދެމުންދާއިރު، ފުލުހުންގެ އަމިއްލަ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ޖުމްލަ 138 ރަށުގައި ކުރިއަށްދާނެއެވެ. މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުން ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި ބަދަލާއެކު، ރައްކާތެރިކަން ލިބިގަތުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާއިރު، ފުލުހުންނަކީ ދައުލަތާއި ރައްޔިތުންނާ ދެމެދުގައިވާ ފާލަމަކަށް ވަނީ ވެފައެވެ. ރަށްރަށުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އަވަހަށް އިޖާބަދީ، ދެބަސްވުންތައް ހުއްޓުވައި، އަމާން ސުލްހަވެރި މުޖުތަމައުތަކެއް ބިނާކުރުމަށް ފަސޭހަވެފައިވާކަން ލ. އަތޮޅު ރީޖަނަލް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު އަޒްހާން ފާހަގަކުރެއްވިއެވެ. މި ޚިދުމަތް ގާއިމްކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ހައްދުންމަތީ މާބައިދޫގެ މިސާލުން ފެންނަ ގޮތުގައި، އެރަށަކީ އިޤްތިޞާދީ ގޮތުން ވަރަށް ހަރަކާތްތެރި ރަށަކަށް ވެފައި، ކުރިން މަސްތުވާތަކެއްޗާއި ވައްކަން ފަދަ ކުށްތައް އާންމުވެފައި އޮތެވެ. ނަމަވެސް ފުލުހުންގެ ޚިދުމަތް ގާއިމްވުމާއެކު ގާތްގަނޑަކަށް 95% ކުށްތައް ނެތިގެން ގޮސްފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާޅުވިއެވެ. ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން ސްކޫލް ކުދިންގެ އަޚްލާޤީ މައްސަލަތަކަށްވެސް މިކަމުގެ ސަބަބުން ހައްލު ލިބިފައިވާކަން ފާހަގަކުރެވެއެވެ. ކުރިން ކަމެއް ދިމާވުމުން އެއް އޮފީހުން އަނެއް އޮފީހަށް ދާންޖެހުމުގެ ބަދަލުގައި، މިހާރު ސީދާ ފުލުހުންނަށް ގުޅައިގެން ނުވަތަ ޕޯސްޓަށް ގޮސް ވަގުތުން ޚިދުމަތް ލިބޭކަން ރައްޔިތުން ފާހަގަކުރެއެވެ.
މިކަމުގެ ސަބަބުން މުޅި ޤައުމަށް ރައްކާތެރިކަމުގެ އިހުސާސް ފެތުރި، ކުށްމަދުވެ، އަމާން މުޖުތަމައުތަކެއް ބިނާކުރުމަށް މަގުފަހިވެފައިވެއެވެ. ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ހަމަހަމަކަމުގެ ރަމްޒެކެވެ؛ އެއީ ކޮންމެ ދިވެއްސަކަށްވެސް، ދިރިއުޅޭ ތަން ބެލުމެއް ނެތި، ރައްކާތެރިކަމާއި، އަމާންކަމާއި، އިންސާފު ލިބިގަތުމުގެ ހައްގު ލިބިގެންވާކަން ދައްކުވައިދޭ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
