
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މުދާ ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ. ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ފަށާފައިވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ، މިދިޔަ ޖުލައި މަހު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އަދި އަންނަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާ އަށް ކުރައްވަން ވިސްނަވާ ފުރަމާނަ ދަތުރުފުޅުގައި، އެ މަޝްވަރާތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެ ނޫހުން ބުންޏެވެ. ލަންކާ ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ފަދަ ކާނާގެ ބާވަތްތައް ފަސޭހައިން ރާއްޖެ އަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް މި ފެރީގެ ހިދުމަތް މެދުވެރިކޮށް ގާއިމުކުރުމެވެ.
މި ފެރީގެ ހިދުމަތް ފެށިއްޖެ ނަމަ މުދާ އުފުލަންދާ ހަރަދު އެތައް ގުނައެއް ކުޑަވެ، ހަލާކުވާ ޒާތުގެ ކާބޯތަކެތި އެކަށީގެންވާ އަވަސްމިނެއްގައި ރާއްޖެ އަށް ފޯރުކޮށްދެވޭނެ ކަމަށް ލަންކާގެ ސަރުކާރުގެ އިސް އޮފިޝަލުން ގަބޫލުކުރައްވާ ކަމަށް ލަންކާގެ މީޑިއާ އިން ބުންޏެވެ. ނަމަވެސް، ރާއްޖެ އާއި ލަންކާއާ ދެމެދު ކަނޑުމަގުން ކުރާ ދަތުރުތަކަށް 30 ގަޑިއިރު ހޭދަވާއިރު، މި ހިދުމަތް ފަށަން ގޮންޖެހުން ބޮޑުކަމަށް އެ ނޫހުން ބުނެފައި ވެ އެވެ. ހާއްސަކޮށް، ލަންކާ މަގުން ރާއްޖެ އަށް މުދާ ގެންނަ ބޮޑެތި ޝިޕިން ކުންފުނިތައް އޮޕަރޭޓު ކުރަމުން ދިޔުމަކީ ވެސް، ފެރީގެ ނިޒާމެއް ގާއިމު ކުރުމަށް އޮތް އިތުރު ހުރަހެއް ކަމަށް ބުންޏެވެ.
މިފަދަ މަޝްވަރާތަކަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ރާއްޖެ އާއި އިންޑިއާގެ ކޮޗިން އާ ދެމެދު ވެސް މުދާ އުފުލަން ފެރީގެ ނިޒާމެއް ކުރީގެ ސަރުކާރުގައި 2020 ވަނަ އަހަރު ފެށި އެވެ. ނަމަވެސް، އެ ހިދުމަތް 2022 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އޮތީ ހުއްޓިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
