
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ރާއްޖޭގައި ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށްޓަކައި 24 ގަޑިއިރުގެ ދުވުމެއް މާލޭގެ އެކުވެނި ޓްރެކްގައި އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މިދިޔަ މެއި މަހު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވި އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވެ، އުމުރު ކަށަވަރު ކުރުމަށް ފަހު ނޫނީ އެއްވެސް މީހަކަށް ދުންފަތް ވިއްކުން ނުވަތަ ގަތުން މަނާވާނެއެވެ.
ދުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދުޅަހެޔޮ ސިއްހަތަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް ކަމަށާއި، މި ސަރުކާރުގެ ސިއްހީ ސިޔާސަތަކީ ދުޅަހެޔޮ ފަރުދުންނާއި އާއިލާތަކާއި މުޖުތަމައެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖޭގައި ދިމާވާ ގިނަ ސިއްހީ މައްސަލަތައް ގުޅިފައިވަނީ ދިރިއުޅުމުގައި ގެންގުޅޭ ސިއްހަތާ ބީރައްޓެހި އާދަތަކާ ކަމަށް ވާތީ، މުޖުތަމައު އެފަދަ އާދަތަކުން ރައްކާތެރިކޮށް ދުޅަހެޔޮ އާދަތަކަށް އަހުލުވެރިކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ޕޭޑެން ވަނީ ދުންފަތުން ދިވެހިން ސަލާމަތްކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެ، ވޭޕް މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުން އަދި އިސްތިހާރު ކުރުން މަނާކުރުން ފަދަ ކަންކަން ފާހަގަކުރެއްވިއެވެ. އެކަމަށް އެއްބާރުލުންދީ، ދުންފަތުން ސަލާމަތްވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިޢުމާލު ކުރާއިރު، 2019 ވަނަ އަހަރު ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާގޮތުގައި ސްކޫލު އުމުރުގެ ގާތްގަނޑަކަށް 45 އިންސައްތަ ކުދިން ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކުރެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
