
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތައް، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ. އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ގެންނަ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
– ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް
– އެޑިއުކޭޝަނަލް ސާވިސް
– ހެލްތު ސާވިސް
– އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް
– ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް
– ޕްރޮޓެކްޓިވް ސާވިސް
– ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް
– ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ މުސާރަތަކަށް ގެނައި ބަދަލުތަކުގެ ހުރިހާ ތަފްސީލެއް މާދަމާ ހާމަކުރާނެ ކަމަށެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށެވެ.
އެހެންވެ، މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަން ޖެހޭ ރިސްކަށް ބަލާނެ ކަމަށާއި އަދި ކުރިން ދޭ ގޮތަށް ރިސްކު އެލަވަންސްގެ ގޮތުގައި ވަކި އެލަވަންސެއް ނުދިނަސް މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި ރިސްކަށް ހުށަހެޅޭ މީހުންނަށް ބަދަލު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރައަށާއި މަސައްކަތް ކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
އެ މިނިސްޓްރީން ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ، މިނިމަމް ވޭޖަށް ވުރެ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އެލަވަންސްތައް، އާ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު މަދު ނަމަ، އެ މުވައްޒަފަކަށް މައިގްރޭޝަން އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މައިގްރޭޝަން އެލަވަންސް ދޭނެ އުސޫލެެއް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ކުރީގެ ސަރުކާރުން ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ. ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން، މިދިޔަ މެއި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، ސިވިލް ސާވިސްގައި 30،436 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
