
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިތުރު ވަގުތުށްދޭ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އިސްލާހެއް ހުށައަޅުއްވައިފިއެވެ. ދިވެހި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އިސްލާހު ގެނައުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ އެކި އިދާރާތަކުން ޚިދުމަތް ފޯރުކޮށްދެންޖެހޭ ވަގުތާއި ގޮތްތަކުގައި ބޮޑެތި ފަރަގުތަކެއް ހުރުމުގެ ފުރުޞަތު އޮތުމުން، އެ އިދާރާއެއްގެ ރަސްމީ ގަޑި ނުވަތަ ޑިއުޓީ ގަޑި ކަނޑައަޅާ ގޮތުގެ ސަބަބުން އެ ވަގުތުތަކުގައި ބައެއް މުވައްޒަފުން އެއްވެސް މަސައްކަތެއް ނެތް ގޮތުގައި ނުވަތަ ގިނަ ވަގުތު އެއްވެސް މަސައްކަތެއް ނެތް ގޮތުގައި ވަގުތު އިސްރާފުވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި، އެފަދަ ހާލަތުތައް މެދުވެރިނުވާނެ ފަދަ ގޮތަކަށް މަސައްކަތުގެ ވަގުތުތައް ރޭވުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.
އަދި މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް ފަހެލިކޮށް މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމާއި އެކި ވަގުތުތަކުގައްޔާއި އެކި ހާލަތްތަކުގައި އިދާރާއިން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކުރުމަކީވެސް އިސްލާހުތައް ގެނައުމުގެ ބޭނުމެކެވެ. މިންގަނޑުތަކަށް ގެނެސްފައިވާ އިސްލާހުތަކުގައި ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ދެވޭނެ ދުވަސްތަކެއް ކަނޑައަޅާފައިވެއެވެ. އެއީ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް މަސައްކަތްކުރާ ދުވަސްތަކާއި މިމަހުގެ 22 ވަނަ ދުވަހަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އިސްލާހުގައިވާ ގޮތުން އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާޙައުލުން ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފައިވާނަމަ، އެ ހޭދަކުރި ވަގުތު އެ ދުވަހުގެ މަސައްކަތުގެ 8 ގަޑިއިރު ގުނުމުގައި ހިމަނައިގެން ނުވާނެއެވެ. އިތުރު ގަޑީގެ ފައިސާ ދެވޭނީ މަސައްކަތުގެ 8 ގަޑިއިރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅައި މަސައްކަތްކުރަންޖެހޭ ވަގުތު ހަމަވުމަށްފަހުއެވެ. ނަމަވެސް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ބެލުމަށްދޭ ވަގުތުތައް ފަދަ ހުސްވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާޙައުލުން ބޭރުގައި އުޅުނު ވަގުތުކަމުގައި ނުބެލެވޭނެކަމަށް އިސްލާހުގައިވެއެވެ. އައު ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ތެރޭގައި ފަހެލި މަސައްކަތު ވަގުތާއި ގަޑި ކަނޑައެޅުމުގައި އިސްކަންދޭންވާނެ މުހިންމު ބައެއް ކަންތައްތައް ކަނޑައަޅާފައިވެއެވެ.
އެގޮތުން ސަރުކާރުގެ ރަސްމީ ގަޑީގައި ނުވަތަ އެ އިދާރާއަކުން ކަނޑައަޅައިފައިވާ ޑިއުޓީ ވަގުތުތަކުގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫއަރާނެ ގޮތަކަށް މުވައްޒަފުންގެ ފަހެލި މަސައްކަތު ގަޑި ކަނޑައަޅައިގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. ފަހެލި މަސައްކަތު ވަގުތު ކަނޑައަޅާއިރު އެއް ބާވަތެއްގެ މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެއްހަމައަކުން އެ ފުރުޞަތު ދިނުމަށް އިސްކަންދޭންވާނެކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ފަހެލި މަސައްކަތު ގަޑިއަކީ ދިިރިއުޅުމުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު މުވައްޒަފަށް ފަސޭހަވާނެހެން ކަނޑައަޅައި މަސައްކަތު ގަޑިއެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ގެނެސްފައިވާ މި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
އިތުރު ގަޑީގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ދެވޭކަން ކަށަވަރުކުރުމަށް އިސްލާހުތަކެއް ގެނެސްފައިވާއިރު، މުވައްޒަފަކަށް ދެވޭ އެއްވެސް ފައިސާއެއް އުނިނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ. އަދި އައު ފްރޭމްވަރކްއަށް ޢަމަލުކުރަން ފެށުމުން އެއްވެސް މުވައްޒަފަކަށް ކުރިން ލިބޭ މުސާރައަށްވުރެ މިހާރު ލިބޭ މުސާރަ މަދުވާނަމަ، އެފަދަ މުވައްޒަފަކަށް ޚާއްސަ އިނާޔަތެއް އައު އިސްލާހާއެކު ލިބޭނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
