
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތް ހިސާބުން އެންމެ ގަދައަށް އިވެން ފެށި އެއް ވާހަކައަކީ މާ ގިނަ ދުވަހެއް ނުވަނީސް ޤައުމު ބަނގުރޫޓުވާނެކަމުގެ ވާހަކައެވެ. މި ވާހަކަ އެންމެ ގަދައަށް ދައްކަމުން ދިޔައީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީންނެވެ. ރަނގަޅު ދެ އަހަރު ސަރުކާރު ނުހިންގޭނެކަމަށް އިދިކޮޅުން ބުނަމުންދިޔައެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ އިޤުތިޞާދީ ޙާލަތު އޮތް ގޮތަށް ވިސްނާއިރު، އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތަކަށް ކޮންމެވެސްވަރެއްގެ ބުރަދަނެއް ލިބެއެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، އިޤުތިޞާދު އޮތީ ބޮޑު އަދަވަޅެއްގެ ތެރޭގައެވެ. ބޮޑެތި އަދަދުތަކުން ލޯނު ނަގައި ދައުލަތް އޮތީ ދަރާފައެވެ. ނުރަނގަޅު މާލީ ނިންމުންތަކުގެ ސަބަބުން ޤައުމުގެ މާލީ ހާލަތު އޮތީ ކިލަނބުކޮށްލާފައެވެ.
2018އިން 2023އަށް ރާއްޖޭގައި ވެރިކަންކުރީ ދައުލަތް ބަނގުރޫޓުވާނެކަމަށް މިހާރު ބުނަމުންދާ އެމްޑީޕީންނެވެ. ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ޞާލިހު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތުގެ ދަރަނި 39.6 ބިލިޔަން ރުފިޔާގައި ހުރިއިރު، އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، 125.2 ބިލިޔަން ރުފިޔާއިން ދިވެހި ދައުލަތް އޮތީ ދަރަނިވެރިވެފައެވެ.

ރައީސް ޞާލިހުގެ ކުރިން ވެރިކަން ކުރެއްވި 4 ރައީސުންގެ ދައުރު އެއްކޮށްލައިގެން ދަރަނިވެރިނުވާ މިންވަރަށް ނިމިދިޔަ 5 އަހަރު ދައުލަތް ދެރިއެވެ. 125.2 ބިލިޔަން ރުފިޔާއިން ލޯން ނެގިއިރު، އެއިން އާމްދަނީގެ ގޮތުގައި “ބައި ރުފިޔާ” ލިބޭނެކަމަށްވެސް މިދިޔަ ސަރުކާރުން އިންވެސްޓްކޮށްފައިނުވާކަމަށް މި ސަރުކާރުގެ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރަކީ އެމްޑީޕީގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 600 މިލިޔަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ އުފުލަންޖެހޭ އަހަރެވެ. މީގެ ކުރިން އެއްފަހަރާ މި ވަރުގެ ބޮޑު ދަރަންޏެއް އެއްވެސް ސަރުކާރަކަށް ދައްކަން ޖެހިފައެއް ނުވެއެވެ.
ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައެވެ. މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިޔަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާއެވެ. މި ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މިއީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެކެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް 591 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައިވާއިރު، ޔޫޒަބަލް ރިޒާވް ހުރީ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގައެވެ. ނަމަވެސް މިހާރު ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިޔަން އެމެރިކާ ޑޮލަރު ހުރިއިރު، ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިޔަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އަދި އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދަރަނި އަދާކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައާއި ބޮންޑް ނުވަތަ ސުކޫކް ފަދަ ތަކެތި ވިއްކައިގެން އަދި މަލްޓިލެޓަރަލް ނުވަތަ ބައިލެޓަރަލް ފައިނޭންސިންގގެ ގޮތުގައި ޖުމުލަ 16.8 ބިލިޔަން ރުފިޔާ ހޯދުމަށް ވަނީ ރާވައިފާއެވެ. އަދި ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަ މަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. އެ ފަންޑުގައި 100 މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ، ދަރަނި އަނބުރާ ދެއްކުމުގެ ބޭނުމަށްޓަކައި ސަރުކާރުން ވަނީ ރައްކާކޮށްފައެވެ.
މީގެ އިތުރުން ސުކޫކް ރީފައިނޭންސްކުރުމަށް ބޭރުގެ ފަރާތްތަކުން ހޯދާ 450 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 6.9 ބިލިޔަން ރުފިޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އެކުވެރި ޤައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ބަޖެޓު ސަޕޯޓަށް 300 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 4.6 ބިލިޔަން ރުފިޔާ ހޯދުމަށް ރާވާފައިވާކަމަށްވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މާލީ ޙާލަތު ރަނގަޅުކޮށް، އަންނަ އަހަރު ދެއްކުމަށް ހަމަޖެހިފައިވާ ލޯން ދެއްކުމަށް ސަރުކާރުގެ މި ނިންމުންތަކާއި މަސައްކަތްތަކާއެކު މިވަލީ އަލި މަގެއް ފެނިފައެވެ. އަދި އިޤުތިޞާދީ ވިލުންތެރިކަން އިތުރުވެ، ދަރަނި ދެއްކުމަށް މިވަނީ އިތުރު ލުޔެއް ލިބިފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
