
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްޙީ ގޮތުން ނުރައްކާތައް ކުރިމަތިކުރުވާ އާދައަކަށްވާއިރު އެއީ މާލީގޮތުންވެސް މީހާއަށް ބުރަބޮޑުވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި އެވަބާއިން ސަލާމަތްވެގެން ތިބި އެތައް ބަޔަކު މިކަމަށް އިއްތިފާޤުވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ މާލީގޮތުން ފަރުދުންގެ ޖީބަށާއި، ޤައުމުގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާކަމެކެވެ. ޕީއެސްއެމްއާއި ވާހަކަދެއްކި ބައެއް މީހުން ފާހަގަކުރިގޮތުގައި، ދިވެހީންގެ ތެރޭގައި “ހެވީ ސްމޯކަރސް” ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ދެވިހިފާފައިވާ މީހުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ގާތްގަނޑަކަށް 2 ފޮށި ސިނގިރެޓު ހުސްކުރެއެވެ. މިހާރު ސިނގިރޭޓުގެ އަގުތަކަށް ބަލާއިރު ފޮއްޓެއް ލިބެނީ 250 ވަރަކަށް ރުފިޔާއަށެވެ. އެއީ މަހެއްގެ މައްޗަށް 15000 ރުފިޔާއެވެ. އަހަރެއްގެ މައްޗަށް 180000 ރުފިޔާއެވެ. އާންމު ދިވެއްސެއްގެ ޢާމްދަނީއަށް ބަލާއިރު އެއީ ކުޑަ އެއްޗެއް ނޫނެވެ.
ދުންފަތަށް ކުރާ ހޭދަ ރައްކާކޮށްފިނަމަ، 2 މަހުން ޢުމްރާ ދަތުރެއް ދެވޭހާ ފައިސާ ރައްކާކުރެވޭނެއެވެ. 5 މަހުގެ ފައިސާ ރައްކާކޮށްފިނަމަ، އަގުބޮޑު ސައިކަލެއް ގަނެވޭހާ ފައިސާ މިކަމަށް ޚަރަދުކުރާއިރު އަހަރެއްގެ ތެރޭގައި އެޕާޓްމަންޓެއް ގަތުމަށް އިކުޓީ ދެއްކޭނެއެވެ. އަދި ކުޑަ ވިޔަފާރި އެއްވެސް ފެށިދާނެއެވެ. ހަމައެއާއެކު ޔޫރަޕްގެ ޤައުމަކަށް ޢާއިލާއާއެކު ޗުއްޓީ ދަތުރެއްވެސް ހޭދަކުރެވިދާނެއެވެ. މިއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހަކު އެފައިސާ ރައްކާކޮށްފިނަމަ ކުރެވިދާނެ ކަންކަމެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ޒުވާނުން އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ސިއްޙަތަށާއި، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިކަމަށެވެ. އެގޮތުން ހެނދުނު ހޭލާއިރު މެއަށް ބާރުވުމާއި ކަރުތެރެއަށް އުނގަދޫވެފައި ހުންނަ ހުރުމާއި، ކެއްސުން ފަދަ ކަންކަމުން ދުރުވިކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއެކު މާލީގޮތުން ބޮޑު އެއްޗެއް ރައްކާކުރެވުނުކަމަށް ވިދާޅުވިއެވެ. “ސީދާ ސިނގިރޭޓު ގަންނަންދާ ޚަރަދުގެ އިތުރަށް، އޭރުވަގޮތަކީ ސިނގިރޭޓު ބޯލަންވީމަވެސް އަޅުގަނޑު ދަނީ ކޮފީއަކަށް. ރައްޓިއްސަކަށްވެސް ގުޅާނެ ކޮފީއަކަށް. އެހެންވީމަ އެދިޔަ ޚަރަދު ހަމަ ހަގީގަތުގަވެސް، ޔަގީން އަޅުގަނޑު އަތުން 15000 އެއްހާ ރުފިޔާ އޭގެތެރެއިން ސަލާމަތްކުރެވުނު.މިހާރު ކަމާ ކަންފަށާ ކޮފީއަކަށްވެސް ދާކަށް ނުޖެހޭ.” މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ ސިނގިރޭޓު ބޯއިރު ގައިންދުވާނެ ނުބައި ވަސް އިޙްސާސް މިއަދު ކުރެވެނީ، އެވަބާއާއި ދުރަށްގޮސް ސިނގިރޭޓު ބޯ އެހެން މީހުންނާ ބައްދަލުވުމުންކަމަށެވެ. ސިނގިރޭޓުގެ ވަހާއި ހަށިގަނޑުގައި އެހުންނަ ކެމިކަލްތަކާއެކު ގެއަށް ޢާއިލާ ގާތަށް ދިޔުމަކީ ރައްކާތެރި ނޫންކަމެއްކަން މިއަދު އިޙްސާސްކުރެވޭކަން މަޚްލޫފް ފާހަގަކުރެއްވިއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ސަބަބުން ތިމާގެ ޖީބަށް ލިބޭ ލުޔާއި، ތިމާއާއި ތިމާގެ ވަށައިގެންވާ މީހުންގެ ސިއްޙަތަށް ހެޔޮ ބަދަލެއް ގެނުވައެވެ. އެހެންކަމުން މިއީ ދުންފަތާއި ދުރަށް ދިޔުމަށް ޢަޒުމް ކަނޑައަޅަންވީ ސަބަބުތަކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
