
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމުަތުގައި ޔަމަނުގައި ހައްޔަރުކޮށްފައިވާ އދގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކޮށް ޝަރީޢަތް ހިންގާނެ ކަމަށް އެ ޤައުމުގެ ޙޫޘީ ސަރުކާރުން ބުނެފިއެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޙޫޘީންނަށް އަމާޒުކޮށް ޔަމަނުގެ ވެރިރަށް ޞަންޢާއަށް ވައިގެ ޙަމަލާތައް ދީ، ބޮޑުވަޒީރާއި ވަޒީރުން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ ސަރުކާރުގެ އިސްވެރިން ޝަހީދުކޮށްލައިފައެވެ. މިއީ ސަރުކާރުގެ އިސް ވެރިންތަކެއް ޝަހީދުވި މި ފަދަ ފުރަތަމަ ޙަމަލާއެވެ. އެ ޙަމަލާއަށް ފަހު އދގެ 36 މުވައްޒަކު ޔަމަނުގައި ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ޝަރީޢަތް ހިންގަނީ ކިތައް މީހުންގެ މައްޗަށް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ޙޫޘީންގެ އެކްޓިންގ ޚާރިޖީ ވަޒީރު، ޢަބްދުލް ވާހިދު އަބޫ ރައުސް ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީގެ ތެރޭގައި އޮންނަ ޖަމާޢަތެއްގެ ސީދާ ބައިވެރިވުން ޙޫޘީ ސަރުކާރަށް ޙަމަލާ ދިނުމުގައި އޮތް ކަމަށެވެ. ސަލާމަތީ ބާރުތަކުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނުން އެ ކަމަށް ބާރުދޭ ފިޔަވަޅުތަކެއް ކަމަށާއި، ޝަރުޢީ ދާއިރާގެ ފުރިހަމަ ބެލުމުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފިޔަވަޅުތައް އެޅުމުގައި ކޮންމެ މަރުޙަލާއެއްގައި ވެސް ދަޢުވާ ކުރުމުގެ މަސައްކަތް ކުރާ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހާ މަޢުލޫމާތު ޙިއްޞާ ކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ ތަހުޤީޤުގެ ފަހު މަރުޙަލާތައް ކަމަށާއި ވަރަށް އަވަހަށް ޝަރީޢަތް ފެށި، މައްސަލަ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔަހޫދީންނަށް ޖާސޫސްކޮށްދިނުމުގައި އދގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ޙޫޘީން ތުހުމަތު ކުރި ނަމަވެސް، އެ ޙަމަލާގައި އދއާއި އދގެ މުވައްޒަފުންގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ އިދާރާއިން ދަނީ ތަކުރާރުކޮށް ބުަނަމުންނެވެ. އދން ބުނީ އެ އިދާރާއަށް ނިސްބަތްވާ 59 މީހަކު ޙޫޘީންގެ ބެލުމުގެ ދަށުގައި ތިބި ކަމަށެވެ. ބަންދުގައި ތިބި މީހުންނަކީ ޔަމަނުގެ ރައްޔިތުންނަށް ވެފައި، އެ ޤައުމުގެ ޤާނޫނުގެ ދަށުން އެ މީހުންނަށް މަރުގެ އަދަބު ދިނުން އެކަށީގެންވެއެވެ. އދން ވަނީ ފުރިހަމަ ޤާނޫނީ ސަބަބެއް ނެތި އެ މީހުން ބަންދުކުރުން ކުށްވެރިކޮށްފައެވެ. އަދި މިހާރުން މިހާރަށް އެ މީހުން މިނިވަން ކުރުމަށް އެ އިދާރާއިން ވަނީ ގޮވާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
