
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތުގެ ރަަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫގެ ޝާހީ ލަގަބުތަކާއި ގަނޑުވަރު އަތުލައްވައި، ޝާހީ ޢާއިލާއިން އޭނާ ބޭރު ކުރައްވައިފިއެވެ. މި ކަން އިޢުލާނު ކުރަމުން، އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިިންގްހަމް ގަނޑުވަރުން ބުނީ، ރަސްގެފާނު ޗާލްސްގެ ނިންމެވުމުގެ ދަށުން އެންޑްރޫ ގަނޑުވަރުން ވެސް ބޭރު ކޮށްފައިވާ ކަމުގައެވެ. ޕްރިންސްގެ ލަގަބު އަތުލުމުން، އެންޑްރޫއަށް މިއަށް ފަހު މުޚާޠަބު ކުރެވޭނީ އޭނާގެ ފުރިހަމަ ނަމުންނެވެ. އެއީ، އެންޑްރޫ މައުންޓްބެޓަން ވިންޑްސަރއެވެ. ޝާހީ ޢާއިލާއާއި ގަނޑުވަރުން އެންޑްރޫ ބޭރު ކުރައްވަން ރަސްގެފާނު ޗާލްސް ނިންމަވާފައި ވަނީ، އެންޑްރޫއާއި ޖެފްރީ އެޕްސްޓީނާ (މިހާރު މަރުވެފައި) ދެމެދު އޮތް ގާތް ގުޅުންތައް މީޑިޔާއަށް ތިލަވެ، އެންޑްރޫއާ ދެކޮޅަށް ޖިންސީ ކުށުގެ ދަޢުވާތަކެއް ހުށަހެޅިފައި އޮތުމާ އެކު، އެ ލަދުން ޝާހީ ޢާއިލާ ސަލާމަތް ކުރައްވައި، ފެޔަށް ޖެއްސެވުމުގެ ގޮތުންނެވެ. އެޕްސްޓީނަކީ އިންސާނީ ވަގުފާރީގައި ކުޑަ އަންހެން ކުދިން ބޭނުން ކުރުމާއި، ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުން ކުރުމުގެ ދަޢުވާ ސާބިތުވެފައިވާ ކުށްވެރިއެކެވެ.
65 އަހަރުގެ އެންޑްރޫއަކީ ރާނީ އެލިޒަބަތުގެ ދެވަނަ ފިރިހެން ދަރިފުޅެވެ. އެޕްސްޓީނާއި އެންޑްރޫއާ ދެމެދު އޮތް ގާތް ގުޅުންތައް ދުނިޔޭގެ ލޯމައްޗަށް ހާމަވުމާ އެކު، ޑޫކް އޮފް ޔޯކްގެ ލަގަބު ދޫކޮށްލުމަށް އެންޑްރޫއަށް ކުރިން މަޖުބޫރުވިއެވެ. ބަކިންގްހަމް ގަނޑުވަރުން ބުނީ، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގުގައި ހުންނަ ޝާހީ ގަނޑުވަރު، ވިންޑްސަރ އެސްޓޭޓްގައި ހުރި ރޯޔަލް ލޮޖުން ނިކުތުމަށް އެންޑްރޫއަށް ރަސްމީކޮށް އަންގާފައިވާނެ ކަމުގައެވެ. ޝަހީ ގަނޑުވަރުން އެންޑްރޫ ބޭރު ކުރެއްވުމަކީ މި ވަގުތު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ރަސްގެފާނު ޗާލްސް ފަހުގެ ތާރީޚެއްގައި ނިންމަވާފައިވާ އެންމެ އާދަޔާޚިލާފު ނިންމެވުމުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ. އެންޑްރޫއަކީ ކުރިން އިނގިރޭސިވިލާތުގައި އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ ގޮފީގައި ޚިދުމަތް ކޮށްފައިވާ އިސް އޮފިސަރެކެވެ. އަދި، 1980ގެ އަހަރުތަކުގެ ތެރޭގައި އާޖެންޓީނާއާ ދެކޮޅަށް ކުރި ފޯކްލެންޑްސް ހަނގުރާމައިގައި ވެސް އިސް ދައުރެއް އަދާ ކޮށްފައިވާ މީހެކެވެ. އަދި، އިނގިރޭސިވިލާތުގެ ވިޔަފާރީގެ ދާއިރާގެ ސަފީރު ކަމުގެ މަޤާމު ވެސް އޭނާ ފުރިއެވެ. ނަމަވެސް، 2011ވަނަ އަހަރު އޭނާއަށް ވަނީ އެ މަޤާމުން ވެސް ވަކިވުމަށް މަޖުބޫރުވެފައެވެ.
ޝާހީ ޢާއިލާގެ އެންމެހައި ޒިންމާތަކުން އެންޑްރޫ އެކަހެރިވެފައި ވަނީ 2019ވަނަ އަހަރުއެވެ. އަދި، 2022ވަނަ އަހަރުގެ ޖަނަވަރީ މަހު ޝާހީ ގަނޑުވަރުން ވަނީ އެންޑްރޫގެ އަސްކަރީ ލަގަބުތައް ވަކިކޮށް، ޝަހީ ގަނޑުވަރުގެ ހުރިހާ ބާރުތަކެއް ވެސް އަތުލާފައެވެ. ޝަހީ ގަނޑުވަރުން އެ ގޮތަށް އަމަލު ކޮށްފައި ވަނީ ރާނީ އެލިޒަބަތު އަވަހާރަވެ ވަޑައިގެންނެވުމުގެ ކުރިން، ރާނީގެ އަމުރަށެވެ. އެންޑްރޫގެ ލަގަބުތައް ވަކިކުރައްވައި، އޭނާ އެކަހެރި ކުރުމަށް ރާނީ އަމުރު ކުރައްވާފައި ވަނީ 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގާފައިވާ ކަމުގެ ދަޢުވާ އޭނާގެ މައްޗަށް އުފުލުމާ ގުޅިގެންނެވެ. އެންޑްރޫ ދަނީ އެ ތުހުމަތަށް އިންކާރު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
