
މި ސީޒަނުގައި ލިވަޕޫލަށް ކުރިމަތިވެފައިވާ ނަތީޖާ ގޯސްވުމުގެ މައްސަލާގައި އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ދައްކަމުންދަނީ ބަހަނާ ކަމަށް ބުނާތީވެ އެންމެ ފަހުން އޭނާ އަށް ނޫސްވެރިން ގޯސްވެއްޖެ އެވެ. ޕްރެމިއާ ލީގުގައި އެސްޓަންވިލާއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ ނޫސްވެރިން ވެސް އޭނާ އަށް އެހީނުވާ ކަމަށެވެ. “ކަލޭ މެން ވެސް އެހީތެރިއެއް ނުވޭ. ތިޔަ އަހަނީ އަބަދު ކީއްވެހޭ؟ ކީއްވެހޭ؟ ކީއްވެހޭ؟ އަހަރެން ހަގީގަތަށް ވާހަކަ ދެއްކީމާ މި ވަނީ އަހަރެން ބަހަނާ ދައްކާ ކަމަށް. އެކަމަކު އަހަރެން ބަހަނާއެއް ނުދައްކަން. އަހަރެން 200 ބަހަނާ ދެއްކި ނަމަވެސް ލިވަޕޫލްގައި ހުރީމާ ހަ މެޗުން ބަލިވެގެން ނުވާނެ،” ސްލޮޓް ބުންޏެވެ.
ލިވަޕޫލް ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފަ އެވެ. އަދި އެ ޓީމުގެ ސީޒަނަށް ވާނެ ގޮތް އެނގޭނީ އެސްޓަން ވިލާ މެޗާއި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން ކަމަށް ގިނަ ބަޔަކު ވަނީ ބަލަން ފަށައިފަ އެވެ. ސްލޮޓް ބުނީ އާސެނަލް އާއި މެންޗެސްޓާ ސިޓީއާ އަޅާ ބަލާއިރު ލިވަޕޫލް ޓީމުގެ ސްކޮޑުގައި އެވަރަށް ކުޅުންތެރިން ނެތް ކަމަށް އޭނާ ބުނީ މިވަގުތުގެ ހާލަތުގެ ސަބަބުން ކަމަށެވެ. ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި ކަމަށާއި އަދި ބައެއް ކުޅުންތެރިން ކޮންމެ ހަތް ދުވަހަކުން ތިން މެޗު ކުޅޭ ވަރަށް ފިޓް ނޫން ކަމަށެވެ. މި ގޮތުން މިސާލަކަށް އޭނާ ދެއްކީ އިނގިރޭސި ރެކޯޑް ފީ އަކަށް މި ސީޒަނަށް ލިވަޕޫލަށް ގެނައި ފޯވަޑް އެލެގެޒެންޑާ އިސާކެވެ.
“އޭނާ ވެސް މުޅިން ފިޓެއް ނޫން. އަދި ގިނަ ކުޅުންތެރިން އެ ތިބީ އަނިޔާގައި. މިހެންވެ އަހަރުމެންގެ ފުލް ޓީމު ނެރެވޭ ވަރެއްނޫން. އެކަމަކު ވެސް ހަގީގަތަކީ އަހަރުމެން ބަލިވެގެން ނުވާނެކަން. މި ކުލަބުގައި އެހާ ބައިވަރު މެޗުތަކުން ބަލިވުމަކީ ވެގެންވާނެ ގޮތެއް ނޫން،” ސްލޮޓް ބުންޏެވެ. އޭނާ އަދި ބުނީ ގިނަ މެޗުތަކަކުން ބަލިވެ، ޕްރެމިއާ ލީގުގެ ތަށި ދިފާއު ކުރަން ލިބުނު ލީޑު ގެއްލި ލީގުގެ ހަތް ވަނަ އަށް ވެއްޓިފައި އޮތް ނަމަވެސް ލިވަޕޫލްގެ މެނޭޖްމަންޓާއި އޭނާގެ ވިސްނުން ތަފާތު ނުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
