
މެންޗެސްޓާ ޔުނައިޓެޑުން އަންނަ ޖެނުއަރީ މަހު ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭނެ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ. ޕްރެމިއާ ލީގުގެ ހަ ވަނާގައި އޮތް ޓީމުގެ ކޯޗު ބުނީ ގަވާއިދުން ޓީމުގައި ކުޅެމުން ނުދާ ކުޅުންތެރިން އެ ވަގުތު ޓީމު ދޫކޮށްލަން ޖެހޭނީ ތަފާތު ސަބަބުތަކާ ހެދި ކަމަށެވެ. “ވޯލްޑް ކަޕް ވެސް އެބައޮތް. އެހެންވީމާ ޓީމުން ޖާގަ ނުލިބި ނުވަތަ ގަވާއިދުން ކުޅެން ފުރުސަތު ނުލިބޭ ކުޅުންތެރިން ޓީމުން ދާން ބޭނުންވާނެ. އެކަން އަހަރެން ގަބޫލު ކުރަން. އަހަރެން ކޮންމެ ވަގުތަކަށް ވެސް ތައްޔާރުވާން ޖެހޭނެ،” ކޯޗު ބުންޏެވެ.
އޭނާ މިހެން ބުނިއިރު ޔުނައިޓެޑްގެ ކޯބީ މައިނޫ އާއި ހޯޝުއާ ޒިރްކްޒީ އަކީ ޓީމު ދޫކޮށް ދިއުން އެންމެ ގާތް ކުޅުންތެރިން ދެ ކުޅުންތެރިންނެވެ. އަމޮރިމް ބުނީ ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭ އިރު ޓީމަށް ކުޅުންތެރިން އިތުރުވުމަކީ ވެސް ގާތް ކަމެއް ކަމަށެވެ. “މި ޓީމަށް އަހަރުމެން ކޮންމެ ކޮންމެ ކުޅުންތެރިއަކު ނުގެންނާނަން. އަހަރުމެން ގެންނާނީ އަހަރުމެންނަށް އެ މީހެއްގެ ފުށުން ފައިދާވާނެ އަދި ކުރިމަގު އޮތް ކުޅުންތެރިން. އެއީ މިވަގުތު އަހަރުމެންގެ ޕްލޭނަކީ،” ކޯޗު ބުންޏެވެ.
އަމޮރިމް ޔުނައިޓެޑާ ހަވާލުވިތާ މިހާރު ވަނީ ގާތްގަނޑަކަށް އަހަރެއްވެފަ އެވެ. މިހާތަނަށް އޭނާ އައި ފަހުން 328 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އަދި މިދިޔަ ސީޒަނުގައި ނަތީޖާތައް ގޯސްވި ނަމަވެސް މި ސީޒަނުގައި ޔުނައިޓެޑް ވަނީ ނަތީޖާތައް ރަނގަޅު ކުރަން ފަށައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
