
ނިމިގެންދިޔަ 25/2024 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ސްޕެއިންގެ ލަލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓް ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ އަށް ދީފި އެވެ. މެޑްރިޑްގެ ބަރނަބިއު ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑް އެމްބާޕޭ އަށް ދީފައިވަނީ ޔޫރަޕިއަން ސްޕޯޓްސް މީޑިޔާ އިންނެވެ. އެމްބާޕޭ މި އެވޯޑް ހޯދުމާއިއެކު އޭނާ ވެގެން ގޮސްފައިވަނީ މި އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ތިންވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މި އެވޯޑް ހޯދާފައިވަނީ ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހޫގޯ ސަންޗޭޒް އެވެ.
މި އެވޯޑާއި ހަވާލުވުމަށްފަހު އެމްބާޕޭ ބުނެފައިވަނީ މި ކާމިޔާބީ އަކީ އޭނާ އެކަނި ކުރި މަސައްކަތުން ލިބުނު ކާމިޔާބީ އެއް ނޫން ކަމަށެވެ. “މިއީ އަހަރެން އެކަނި ކުރި ކަމަކުން ލިބުނު ކާމިޔާބީއެއް ނޫން އަދި އެކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކްލަބުގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން.” އެމްބާޕޭ ބުންޏެވެ. “މި ކްލަބާއި ވަރަށް މޮޅު ގިނަ ކުޅުންތެރިންތަކެއް އެބަތިބި އަދި އަހަރެން އުންމީދު ކުރަނީ ހުރިހާ އެންމެންވެސް ޓީމެއްގެ ގޮތުގައި ކުޅެ މިހާރު ކުރިއަށްދާ ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދުން.” އޭނާ އިތުރަށް ބުންޏެވެ.
“ހުރިހާ އެންމެނަށްވެސް އެނގޭނެ އަހަރެންގެ އެންމެ ކުޑައިރުގެވެސް ހުވަފެނެއް ރެއާލް މެޑްރިޑަށް ކުޅުމަކީ އަދި މިހާރު އަހަރެން މިހިރީ މި ކްލަބުގައި އެކަން ހަގީގަތަކަށްވެ. އެހެންކަމުން އަހަރެން ބޭނުންވަނީ މި ކްލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދަން.” މި ސީޒަނުގައި ވެސް ރަގަޅު ފޯމެއްގައި ހުރި އެމްބާޕޭ ބުންޏެވެ. ނިމިގެންދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު 34 މެޗުގައި 31 ލަނޑު ޖަހާފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
