
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ “ޖެނަރޭޝަނަލް ބޭން” ގެ ސަބަބުން ސިއްޙަތު ރަނގަޅު އައު ޖީލެއް އުފެދޭނެކަމަށާ މިކަމުގެ ސަބަބުން ފެންވަރު ރަނގަޅު އައު އެތުލީޓުންތަކެއް ޤައުމުގައި އުފެދޭނެކަމަށް ގަބޫލުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ދުންފަތާ ދެކޮޅަށް ކުރެވޭ ޤައުމީ މުހިއްމު މަސައްކަތެއްކަމަށްވާ “ޖެނަރޭޝަނަލް ބޭން”އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކުޅިވަރު ވަޒީރު ވިދާޅުވީ ދުންފަތާ ދުރު އައު ޖީލެއް ބިނާކުރުމަށް ޤާނޫނީ ގޮތުން އަޅާ ފިޔަވަޅުގެ ސަބަބުން ދުންފަތާ ދުރު ޖީލެއް އުފެދޭއިރު މިޖީލު ވާނީ، ސިއްހީގޮތުން ދުޅަހެޔޮ ޖީލަކަށްކަމަށެވެ. އަދި މިއީ އަޅުގަނޑުމެންގެ މުސްތަޤުބަލު އުޖާލާކޮށްދޭނެ ހެޔޮފާލަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ރާއްޖެ މި އަޅާ މުހިއްމު ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
“ސަބަބަކީ ޞިއްހަތު ސަލާމަތުން ހުރުމަކީ ކުޅިވަރު ކުޅޭކުދިންނަށްވެސް ވަރަށް މުހިއްމު ކަމެއް. އަޅުގަނޑު ދަންނަވާނީ ކުޅިވަރާއި، އަޅުގަނޑުމެންގެ އެތުލީޓުން މިކަމާ ހުރި ގުޅުމަކީ ކޮބައިތޯ ބަލާއިރު ހަމަ ޔަގީނުންވެސް ޞިއްޙަތު ސަލާމަތުން ހުރުން އެއީ އަޅުގަނޑުމެންގެ ޕާރފޯމަންސަށް އެންމެ ބޮޑަށް އަސަރުކުރާ އެއްކަންތައް” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“ޖެނަރޭޝަނަލް ބޭން” ގެ ސަބަބުން 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނީގޮތުން މަނާވާއިރު، މިކަމަކީ ރާއްޖޭގެ އެތުލީޓުންނަށާއި، ޒުވާނުންނަށްވެސް ހުޅުވޭ އައު ޞަފްޙާއެއްކަމަށް ވަޒީރު ސިފަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިފިޔަވަޅުގެ ބޭނުމަކީ، ރާއްޖޭގެ މުސްތަޤުބަލަކީ ދުޅަހެޔޮ ހަށިހެޔޮ ޖީލަކަށް ހެދުންކަމަށެވެ. މިފިޔަވަޅާއެކު ރާއްޖޭގެ އެތުލީޓުންނަށް ހެޔޮ އަސަރު ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅޭ ފާލަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. “ޞިއްޙަތު ސަލާމަތުން ހުރިކަމަށްވަންޏާ އެކުދިންގެ ސްޓްރެންތުވެސް ރަނގަޅުވާނެ، އަދި ސްޓެމިނާވެސް އިތުރުވާނެ އަދި މީގެ ސަބަބުން އަޅުގަނޑުމެންގެ ކުދިންގެ ޕާރފޯމަންސަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުޅިވަރުގަ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމުގަ ވަރަށް ބޮޑަށް މަގުފަހިވާނެ” ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދުންފަތަކީ ހަށިގަނޑުގެ ނިޒާމަށް ބުރޫއަރުވާލާ ވިހަގަދަ މާއްދާތަކަކުން އުފައްދާ އެއްޗަކަށްވާއިރު، މިފަދަ ނުރައްކާތެރި އާދައެއް އަޅުގަނޑުމެންގެ ތެރެއިން ފުހެވުމަކީ ރާއްޖޭގެ އެތުލީޓުންނަށް ގިނަގުނަ މަންފާތަކެއް ކުރާނެކަމަށެވެ. އަދި މި ޕޮލިސީގެ ތެރެއިން އަޅުގަނޑުމެންގެ މާހައުލާއި ހަށިގަނޑު ދުމުން ރައްކާތެރިވެ، މިކަމަކީ “ކްލީން ސްޕޯޓެއް” ކުޅުމުގެ މަގުފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. “މިކަން އަޅުގަނޑުމެންގެ ތެރެއިން ވީހާވެސް ބޮޑަށް މަދުވުމަކީ އަޅުގަނޑުމެން މިބޭނުންވާ ޕާރފޯމަންސް އިތުރުކުރެވޭނެކަމެއް. މި ޕޮލިސީގެ ދަށުން އަޅުގަނޑުމެން ކުޅިވަރު ކުޅޭ މުޅި މާހައުލު އެއީ ހަށިގަނޑު ތެރެއިން ވިޔަސް އަދި ހަށިގަނޑު ބޭރުން ވިޔަސް އަޅުގަނޑުމެންނަށް ވަރަށް ސާފު ކްލީން ސްޕޯޓެއް ކުޅުމުގެ މަގުފަހި މި ވަނީ” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ޖެނަރޭޝަނަލް ބޭންގެ ޤާނޫނު ތަންފީޒުކުރެއްވުމާއެކު އެ ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ ޒުވާން ޖީލު ރައްކާތެރިކޮށްދެއްވާނެކަމަށް ދެއްވި ޔަޤީންކަމާއެކު މިފެށުނު ޤައުމީ މަސައްކަތުގެ ސަބަބުން ދިވެހި ކުދިބޮޑު އެންމެންނަށް ލާބައާއި މަންފާކުރާނެކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. މިކަމުގެ ފައިދާ ދިވެހި އެތުލީޓުންނާ ޕެރެއެތުލީޓުންނަށްވެސް ކުރަމުންދާތަން ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން “ނެޝެނަލް ޓޯޗް ރަން”ގެ ނަމުގައި 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުމެއްވެސް މިއަދު ހަވީރު 4 އިން ފެށިގެން މާދަމާ ހަވީރު 4 އަކާ ހަމައަށް މާފަންނު އެކުވެނި ޓްރެކުގަ މިހާރު ކުރިއަށް އެބަދެއެވެ. ރާއްޖޭގެ މުސްތަގުބަލަކީ ދުންފަތާ ދުރު ޒުވާނުންތަކަކަށް ހެދުމަށް ކުރިއަށްގެންދާ “ޖެނެރޭޝަން ބޭން” ތަންފީޒުކުރަން ފަށާނީ 1 ނޮވެމްބަރުން ފެށިގެންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
