
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސްް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެތެރެއިން މިހަފްތާގެ ތެރޭގައިވަނީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ކ.އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެގޮތުން މާލެއަތޮޅު ތުލުސްދޫއަށް ވަޑައިގަތުމާއެކު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވާފައެވެ. އެއީ 1 އަހަރާއި 11 މަސްތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅު އަދި ކ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެދެއަތޮޅުގެ 7ރަށަކަށް ވަޑައިގަންނަވާފައެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގަތީ ޅ. އޮޅުވެލިފުށްޓަށެވެ. އެރަށުގައި ބަނރަދު ތަރައްޤީކުރުމުގެ މަސައްކަތާއި، ރަށުގެ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. މިދަތުރުފުޅުގައިވަނީ ކުރެންދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ.
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕަރޕަސް ހޯލްވަނީ ހުޅުއްވައިދެއްވާފައެވެ. ރައީސްގެ ދަތުރުފުޅުގައިވަނީ ހިންނަވަރު ބީއެމްއެލްގެ ބްރާންޗްގެ ބިންގާ އަޅުއްވާފައެވެ. އަދި އެރަށުގެ ފެނަކައިގެ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ރައީސްގެ ދަތުރުފުޅުގައި ނައިފަރުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ދައްނަވާފައެވެ. އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި 30 ޓަނުގެ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ. އަދި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މަހާޖައްރާފާއިންވަނީ ފައްޓަވާދެއްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކ.އަތޮޅުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ފުރަތަމަ ކާށިދޫއަށެވެ. އެރަށުގެ ތަރައްޤީއާސް ބޭނުންވެފައިވާ އެންމެ މުހިއްމުކަމަކަށް ސިއްޙީ ޚިދުމަތްވެފައިވާއިރު މިދަތުރުފުޅުގައިވަނީ ރަށުގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. އަދި އެރަށުގައި ރީހެބް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސްވަނީ ފައްޓަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ދިއްފުށީގައިވަނީ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި ރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. ހަމައެއާއެކު އެރަށު ސްކޫލްގައި 4 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އަދި ސައިންސް ލެބްގެ އިތުރުން ސެން ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ދަތުރުފުޅުގެ ފަހު މަންޒިލަކީ ކ.ތުލުސްދޫއެވެ. އެރަށުގެ ތަރައްޤީއަށްވަނީ އެރަށުގެ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. އަދި އެރަށުގެ ފެން ޕްލާންޓް ހުޅުއްވައިދެއްވާފައިވާއިރު ސްޓެލްކޯގެ އިންޖީނުގޭގެ ބިންގާވަނީ އަޅުއްވައިދެއްވާފައެވެ. މީގެއިތުރުން ސްޓެލްކޯއިން ތަރައްޤީކޮށްފައިވާ، ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީ ރައީސުލްޖުމްހޫރިއްޔާވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ތުލުސްދޫއަށް ކުރެއްވި މިދަތުރުފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިދައުރުގެ ތެރޭގައި ވަޑައިގަންނަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުވަނީ ފުއްދަވާފައެވެ.
މީގެއިތުރުން އެރަށްރަށުގެ ކައުންސިލްތަކުގެ އައު ޢިމާރާތްތަކާއި، ފުލުހުންގެ މަރުކަޒުތަކާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެވެސްވަނީ އަޅުއްވާދެއްވާފައެވެ. ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސްވަނީ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ތަރައްޤީގެ މުހިއްމު ކަންކަންވަނީ ހިއްސާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
