
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓަކީ މިހިންގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން މިއަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރުގެ ބަޖެޓު މިދިޔަ އަހަރަށްވުރެ އަދަދުގެ ގޮތުން ބޮޑުވެފައިވަނީ ދަރަނި ދެއްކުމަށް ނިސްބަތުން ބޮޑު އަދަދެއް ހިމަނާފައި އޮތުމުންނެވެ. އެގޮތުން ބޮންޑާއި ސުކޫކު އަނބުރާ ދެއްކުމަށް ވަނީ 9.3 ބިލިޔަން ރުފިޔާ ހިމަނާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދާއި ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާކަމަށެވެ. އެހެންކަމުން މިއީ މިއަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިޔަން ރުފިޔާއަށްވުރެ ކުޑަ އަދަދެކެވެ. އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.4 ބިލިޔަން ރުފިޔާއެވެ،
އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ބޮޑު އަދަދެއް އޮތުމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައި އޮތުމެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި ނިމިދިޔަ އެއްވެސް ސަރުކާރަކުން މިހާ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހިފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ 600 މިލިޔަން ޑޮލަރު ދެއްކުމުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
ސަރުކާރުން މިއަންނަ އަހަރަށް ލަފާކޮށް މިއަދު ހުށައެޅި ބަޖެޓަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ 2026 ވަނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ.
— Dr Mohamed Muizzu (@MMuizzu) October 30, 2025
އިޤްތިޞާދީގޮތުން ކުރިއެރުންތަކެއް މި ސަރުކާރުން ހޯދަމުންދާއިރު، ފާހަގަކޮށްލަންޖެހޭކަމަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތް ދަށް ހާލަތެވެ. އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށުގައެވެ. ނަމަވެސް ސަރުކާރުން ކުރެއްވި މަސައްކަތާއެކު މި ހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ސަރުކާރު ހިންގާފައިވަނީ ވިދިވިދިގެން ސާޕްލަސްގައި ނުވަތަ ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައް ބޮޑުނުކޮށެވެ.
ސާޕްލަސްގައި ސަރުކާރު ހިންގެވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތަކާއެކު އަޑިއަޅާލަމުންދިޔަ ރަސްމީ ރިޒާވް މިއަދު 860 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ މައްޗަށް ގޮސްފައެވެ. އަދި ޔޫޒަބަލް ރިޒާވްވެސް 200 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާކަމަށް އަންދާޒާކުރެވެއެވެ. މީގެއިތުރުން ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިޞާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އަދި އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށްވެސް ސަރުކާރުން ލަފާކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހޯއްދަވަމުން ގެންދަވާ އިޤްތިޞާދީ ކުރިއެރުންތަކާއެކު، އަންނަ އަހަރު އިގުތިޞާދީ ދުވެލި 5.3 ޕަސެންޓު ކުރިއަރާނެކަމަށް އަންދާޒާކުރެވޭއިރު، 2026 ވަނަ އަހަރާއި 2028 ވަނަ އަހަރާދެމެދު ރާއްޖޭގެ އިގުތިޞާދީ ކުރިއެރުން އެވަރެޖްކޮށް ހުންނާނެކަމަށް އަންދާޒާކުރެވެނީ 4.9 ޕަސެންޓުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ބަނގުރޫޓްވުމުގެ ބިރު އޮތް ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާ އިންޤިލާބީ ކުރިއެރުމެއްގެ އިތުރުން، ސަރުކާރުން ހޯއްދަވާ ވަރަށް ފުރިހަމަ ކާމިޔާބީއެއްކަން މާލީ އަދަދުތަކުން މިވަނީ ސާބިތުކޮށްދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
