
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ދ. ބަނޑިދޫގައި މިފްކޯއިން ޤާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ރަސްމީކޮށް ހުޅުވައިފިއެވެ. ބަނޑިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ތަން ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި އައިސްޕްލާންޓް ތަރައްޤީކޮށްފައިވަނީ މިފްކޯއިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ބަނޑިދޫގައި ހުޅުވިގެން ދިޔަ އައިސްޕްލާންޓަކީ އެންމެ ކުރު މުއްދަތުގެ ތެރޭގައި ހުޅުވިގެންދިޔަ އައިސް ޕްލާންޓުކަމަށެވެ. ވަޒީރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު އައިއިރު ގިނަ އައިސްޕްލާންޓުތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިފްކޯއާއި އައިސް ޕްލާޓްތައް ހަވާލުކޮށް މަސައްކަތް ކުރެވެން ފެށުމުން އައިސް ޕްލާންޓުތައް އަނބުރާ އޮޕްރޭޝަނަށް ގެނެވިފައިވާކަމަށެވެ. “މިފްކޯއިން ދަނީ ހުއްޓިފައި ހުރި އައިސް ޕްލާންޓުތައް އަދި އަލަށް ގާއިމް ކުރެވޭ އިސްޕްލާންޓުވެސް ވަރަށް އަވަސްކޮށް ނިންމަމުން. އަދި މަސްވެރިން ބޭނުންވާ އެކި ކަންކަން މިފްކޯއިން ދަނީ ހައްލުކޮށްދެއްވަމުން.” ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
މި ރަސްމިއްޔާތުގައި ވާހަަކަދައްކަމުން މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މިފްކޯގެ ބެލުމުގެ ދަށުގައި ހުރި އައިސްޕްލާންޓްތައް ބެލުމުގެ ކަންކަން ވަރަށް ގާތުން ބަލާނެކަމަށެވެ. މި ހުޅުވޭ އައިސްޕްލާންޓުތަކުގެ ސަބަބުން ހުރިހާ ވައްތަރެއްގެ މަސްވެރިކަން ކުރާ ފަރާތްތަކަށް، އެ ފަރާތްތަކުން ބާނާ މަސްތާޒާ ކަމާއެކު ބެހެއްޓޭނެ މަގު ތަނަވަސްވެގެންދާނެކަމަށް ފަރުހަތު ވިދާޅުވިއެވެ.
“ހުރިހާ ވައްތަރެއްގެ މަސްވެރިކަން ކުރާ ފަރާތްތަކުން މި ބާނާ މަސް ތާޒާކަމައެކު ގެންދެވޭނެ. އަޅުގަނޑުގެ އުންމީދަކީ ރިސޯޓުތަކަށް ނޫނީ އެހެން ތަންތައްވެސް ގެންދާ މަސް މި އައިސް ބޭނުންކޮށްގެން ތަާޒާކަމާއެކު ގެންދިޔުން.” ފަރުހަތު ވިދާޅުވިއެވެ.
މި އައިސްޕްލާންޓްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، “މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން” މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. ބަނޑިދޫއާއި މީދޫގައި ހުޅުވުނު އައިސްޕްލާންޓްތަކުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މަސްވެރިކަމާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
