
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަތުރުވެރިކަން ކުރިއެރުވުމަށް ވަރުގަދަ އިމާރާތްކުރުމުގެ ސިނާއަތެއް އޮންނަން ޖެހޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީސްގެ 24 ވަނަ އަހަރީ މެންބަރުންގެ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ، ސަރުކާރުން ޢިމާރާތްކުރުމުގެ ސިނާޢަތުގެ އަޑުއައްސަވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ދާދި ފަހުން ސަރުކާރުން އާންމު ކުރި އުސޫލުތަކުގައިވެސް މަސީން ހުށަހެޅި ހުށަހެޅުންތައް ހިމަނާފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އިމާރާތްކުރުމުގެ ސިނާޢަތުގައި މިހާރު ހުޅުވިފައިވަނީ ދެ މަގެއް ކަމަށެވެ. އޭގެ ތެރެއިން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް މެދުވެރިކޮށް މި ސިނާޢަތަށް އާމްދަނީ ލިބުނު ނަމަވެސް، އެކަން ބިނާވަނީ ދައުލަތުގެ އާމްދަނީއަށް ކަމަށެވެ. މި އާމްދަނީ ގުޅެނީ ފަތުރުވެރިކަމުގެ ސިނާޢަތާއިކަމަށް ވަޒީރު ވިދާޅުވިއެވެ. އިޤްތިޞާދީ ވަޒީރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ތަރައްޤީވެގެން އައިސް ވޭތުވެދިޔަ 50 އަހަރު ކޮންމެ 10 އަހަރަކުން ސިނާޢަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ސިނާޢަތް އޮތީ އެންމެ މަތީ ފަންތީގައި ކަމަށްވާއިރު، ކުރިމަގަށް ދެމެހެއްޓެނިވި ސިނާޢަތެއް ޤާއިމް ކުރަން މިހާރުންސުރެން ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތާއި އިމާރާތްކުރުމުގެ ސިނާޢަތް ވަކި ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ލިބިފައިވާ އިޤްތިޞާދީ ކުރިއެރުމަކީ މި ދެސިނާޢަތުން ލިބިފައިވާ ކުރިއެރުންކަން ފާހަގަކުރެއްވިއެވެ. “ޓުއަރިޒަމް އަކީ އެންމެ ވަރުގަދަ އިންޑަސްޓްރީ. އެ ސިނާޢަތާއި ގުޅިފައި އިނީ ކޮންސްޓްރަކްޝަން. ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑަށް ހިއްސާކުރަނީ އެ އިންޑަސްޓްރީ. ކީއްވެގެންތޯ އެހައިސާބަށް އައީ. ތިބޭފުޅުންގެ ވިސްނުމާއި ފިކުރު. މިތާ ކައިރީ ކުދި ޖަޒީރާ ޤައުމުތައް އެބަހުރި. އެކަމަކު ދިވެހި ކޮންޓްރެކްޓަރުން ތިބި ވަރަށް ނެތް. ގޮތް ދޫނުކޮށް ތިއްބެވީމަ އެކަންވީ. ޓުއަރިޒަމް އާއި ކޮންސްޓްރަކްޝަން ވަރިކުރެވެން ނެތް.” ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން މިހާރު އެސްއީޒެޑް ޤާނޫނަށް ގެންނަ އިސްލާހުތައް ފާހަގަކުރެއްވިއެވެ. އެގޮތުން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ތެރެއިން ސިއްޙީ ދައިރާގައި މިހާރު ނުލިބޭ ޚިދުމަތްތަކާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަހައްދުގައި ފަތުރުވެރިކަމަށް ފުރުސަތު ދެވެނީ ވެސް މިވަރުގެ އިންވެސްޓްމެންޓެއް ކުރުމަށްފަހުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން ކުރެވޭ އިންވެސްޓްމެންޓުތަކުން ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެގެންދާ ކަމަށާއި، މިކަމަށް އިތުރަށް މަގުފަހިކުރެވެނީ އިމާރާތްކުރުމުގެ ވަރުގަދަ ސިނާޢަތެއް ރާއްޖޭގައި އޮތުމުންކަމަށް ވަޒީރު ވިދާޅުވިއެވެ. މަސީގެ އަހަރީ މެންބަރުންގެ ފޯރަމުގެ ތެރެއިން މަސީގެ 25 އަހަރުގެ އެނިވަރސަރީ ކެމްޕެއިން ވަނީ ލޯންޗުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
