
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް ދަށަށް ގޮސްފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން އާންމުކޮށްފައިވާ ކޮންސިއުމަރ ޕްރައިޒް އިންޑެކްސްގައިވާ ގޮތުން މި އަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު މުދަލުގެ އަގުތައް ވަނީ ދަށްވެފައެވެ. ސްޓެޓިސްޓިކް ބިއުރޯއިން އާންމުކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކާގޮތުން އޮގަސްޓް މަހާއި އަޅާބަލާއިރު، ސެޕްޓެމްބަރ މަހު މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ %0.09 ދަށްވެފައެވެ.
އަގު އެންމެ ބޮޑަށް ދަށްވެފައިވަނީ، ތަރުކާރީގެ ބާވަތްތަކުންނެވެ. އެއީ %6.20 އެވެ. މަހުގެ ބާވަތްތަކުގެ އަގުތައްވެސް ވަނީ، %2.51 އަށް ދަށްވެފައެވެ. މޮޓޯ ސައިކަލުގެ އަގުތައް %1.23 ދަށްވެފައިވާއިރު، ކިރާ ކިރުގެ އެހެން ބާވަތްތަކާއި، ކުކުޅު ބިހުގެ އަގުތައް ވަނީ %0.49 އަށް ދަށްވެފައެވެ. އަގު އެންމެ ބޮޑަށް އުފުލިފައިވަނީ، ކަރަންޓުން ކަމަށް މި ރިޕޯޓުން ދައްކައެވެ. އެގޮތުން ކަރަންޓުގެ އަގުތައް ވަނީ، %3.42 އިތުރުވެފައެވެ. މޭވާގެ ބާވަތްތަކުގެ އަގުތައް %1.69 އިތުރުވެފައިވާކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސް ރިޕޯޓުން ދައްކައެވެ.
މި އަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު މުދަލުގެ އަގުތައް ދަށަށް ގޮސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރައްވައި، އެތަކެތި ބާޒާރުގައި ލިބޭނެ އިންތިޒާމް އެސްޓީއޯއާއި ހަވާލުކުރައްވާފައެވެ. މި ބާވަތްތައް މިހާރު އެސްޓީއޯއިން ވިއްކަން ފަށާފައިވާއިރު، މިއާއިއެކު ބާޒާރުގައި މިތަކެތީގެ އަގުތައް އުފުލުނަ ނުދީ އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
