
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އަލުން މަޝްވަރާ ކުރަން ފަށައިފިއެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގައި ދެ ފަރާތުގެ ދެމެދުގައި އަލުން މަޝްވަރާތައް ފަށާފައި މި ވަނީ، އެންމެ ފަހުން ބޭއްވި މަޝްވަރާތައް ނާކާމިޔާބުވެފައިވާ ކަމުގައި އިސްލާމްއާބާދުން ބުނެފައިވަނިކޮށެވެ. އެންމެ ފަހުގެ މަޝްވަރާތައް ވެސް ބާއްވާފައި ވަނީ އިސްތަންބޫލުގައެވެ.
އަފްޣާނިސްތާންގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ސަރުކާރާއި ޕާކިސްތާނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ތުރުކީވިލާތާއި ޤަޠަރުންނެވެ. މަަޞްދަރުތަކުން ބުނީ، ދެ ފަރާތުގެ ދެމެދުގައި އަލުން މަޝްވަރާތައް ފަށާފައި މި ވަނީ، މެދުވެރިންގެ އެދުމުގެ މަތިން ކަމުގައެވެ. މި މަހުގެ ކުރީކޮޅު ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ އަދަދެއްގެ މީހުން މަރުވިއެވެ.
ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބޭއްވި މަޝްވަރާތަކަކަށް ފަހު، އޮކްޓޫބަރު 19ވަނަ ދުވަހުއެވެ. އަދި، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އިސްތަންބޫލުގައި މަޝްވަރާތަކުގެ ދެވަނަ ބުރެއް ފެށިއެވެ. އެ މަޝްވަރާތައް ނާކާމިޔާބުވީ، ދެ ފަރާތުގެ ދެެމެދުގައި އޮތް މައި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ޠާލިބާން ސަރުކާރުން އިންކާރު ކުރުމުން ކަމުގައި އިސްލާމްއާބާދުން ތުހުމަތު ކުރެއެވެ.
މި މައްސަލައިގައި ޕާކިސްތާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ޤައުމުގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތް، ‘ޕާކިސްތާން ޠާލިބާނަށް’ ވާތްގާއި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ދެކޮޅު ހެދުމެވެ. އަދި، ޕާކިސްތާން ޠާލިބާންގެ މެންބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކާބުލްގެ ސަރުކާރުން ހުއްޓައިނުލުމެވެ. ޕާކިސްތާން ޠާލިބާނަކީ، ޕާކިސްތާންގެ ސަރުކާރާއި ސިފައިންނާއި ޢާންމުންނާ ދެކޮޅަށް ނިރުބަވެރި އަމަލުތައް ހިންގަމުންދާ ޖަމާޢަތެކެވެ.
އިސްތާންބޫލުގައި އަލުން ފަށާފައިވާ މަޝްވަރާތަކުގައި ވެސް، ނިރުބަވެރި ޖަމާޢަތްތަކަށް ޙިމަޔާތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޠާލިބާން ސަރުކާރަށް ބާރު އަޅާނެ ކަމުގައި އިސްލާމްއާބާދުގެ މަޞްދަރުތަކުން ބުންޏެވެ. އަދި، ޕާކިސްތާނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންދާ ޖަމާޢަތްތައް ހުއްޓުވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޠާލިބާން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ނަމަވެސް، އެ ކަމަށް ޠާލިބާން ސަރުކާރުން އެއްބަސްވާނެ ކަމާ މެދު ސުވާލުތަކެއް އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، ޠާލިބާން ސަރުކާރުގެ ދާޚިލީ ވަޒީރު ސިރާޖުއްދީން ޙައްޤާނީ، ދާދިފަހުން އިސްލާމްއާބާދުގެ ސަރުކާރަށް ބަހުގެ ޙަމަލާތަކެއް އަމާޒުކޮށްފައިވުމެވެ. އޭނާ ބުނީ، އަފްޣާނިސްތާނާ ދެމެދު މައްސަލަތަކެއް އުފަން ކުރުމުގެ ބަދަލުގައި، ޕާކިސްތާންގެ ދާޚިލީ މައްސަލަތަކަށް އަމިއްލައަށް ހައްލު ހޯދަން އިސްލާމްއާބާދަށް ޖެހިފައިވާ ކަމުގައެވެ. އަދި، އެ ކަން ނުކޮށްފި ނަމަ، “ބޮޑު އަގެއް” ދައްކަން ޖެހޭނެ ކަމަށް ބުނެ، ޙައްޤާނީ ވަނީ އިސްލާމްއާބާދަށް އިންޒާރު ދީފައެވެ.
ޕާކިސްތާނާއި އަފްޣާނިސްތާންގެ ސަރަޙައްދީ ރޮނގު ކައިރީގައި، ދެ ޤައުމުގެ ފައުޖުތަކުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ ކުރީކޮޅެވެ. ދެ ޤައުމުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާ ކުރާއިރު، އެ ސަރަޙައްދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ކާބުލަށް ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޕާކިސްތާންގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކެއް ކަމުގައި ޠާލިބާނުން ތުހުމަތު ކުރެއެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބައްދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
