
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގައި ހުރި ނިޔުކްލިއަރ ހަތިޔާރުތައް ތަޖުރިބާކުރުމުގެ މަސައްކަތް ވަގުތުން ފެއްޓުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ އަސްކަރިއްޔާއަށް ޢަމުރުކުރައްވައިފިއެވެ. ވިޔަފާރީގެ މަޝްވަރާތަކަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަން، ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްއަށް ވަޑައިގެންނެވި މަގުމަތީގައި، ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ނިޔުކްލިއަރ ހަތިޔާރު ތަޖުރިބާކުރަން އެންގެވީ، އެމެރިކާގެ ނިޔުކްލިއަރ ހަތިޔާރު ވެސް، ދުނިޔޭގެ އެހެން ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ އެހެން ޤައުމުތަކަކާ އެއް ފެންވަރެއްގައި ހުރިކަން ޔަޤީންކުރުމަށް ކަމަށެވެ.
މިއީ ފާއިތުވި 33 އަހަރުގެ ތެރޭގައި، އެމެރިކާއިން ނިޔުކްލިއަރ ހަތިޔާރު ތަޖުރިބާކުރާ ފުރަތަމަ ފަހަރެވެ. ޓްރަމްޕްގެ މި ޢަމުރު ނެރުއްވާފައިވަނީ، ޗައިނާއިން ނިޔުކްލިއަރ ހަތިޔާރު އުފެއްދުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން، 2020 ވަނަ އަހަރު 300 އެއްހާ ނިޔުކްލިއަރ ހަތިޔާރު ހުރި ޗައިނާއިން، މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 600އަށް އިތުރުކޮށްފައެވެ.
ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ ނިސްބަތަށް ބަލާނަމަ، ރަޝިޔާގެ ފަހަތުން، އެމެރިކާ ދެވަނައިގައި އޮތް އިރު، ޗައިނާ އަދި އޮތީ ތިންވަނައިގައެވެ. ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، ޗައިނާއިން އެ ފަރަގު ކުޑަކުރާނެކަމުގެ ބިރު އެބައޮތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، 2030ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ ނިޔުކްލިއަރ ހަތިޔާރުގެ އަދަދު 1،000އަށް ވުރެ މަތިވާނެކަމަށް އަންދާޒާކުރެވެއެވެ.
ރަޝިޔާއިން ވެސް ވަނީ ދާދިފަހުން، ކަނޑާއި ވައިގެ މަގުން ނިޔުކްލިއަރ އައު މިސައިލްތަކެއް ޓެސްޓުކޮށްފައެވެ. އަދި އެމެރިކާއިން ނިޔުކްލިއަރ ހަތިޔާރު ތަޖުރިބާކުރަން ފަށައިފިނަމަ، ރަޝިޔާއިން ވެސް އެކަން ކުރާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިން ވަނީ ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
