
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހައްދުންމަތީ ހިތަދޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ހަވާލުކޮށްފިއެވެ. މި އައިސް ޕްލާންޓުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތަދުއަށް ވަޑައިގެެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހުމަދު ޝިޔާމްއެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ޔުނިޓުގެ މެނޭޖަރ މުޙައްމަދު ޝަމީމްއެވެ.
ހިތަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ. މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ޤާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަން ހާމަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓެން މެދުވެރިވި ސަބަބުތައް
ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަކީ ދިވެހި ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލެކެވެ. 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު...
އެމްޑީޕީ މޭޔަރާއި ކައުންސިލުން ހުރަސްއެޅިޔަސް، މަސް މާރުކޭޓު އަޅާނަން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލޭގެ ރައްޔިތުންނާއި މަސްވެރިންނަށް ބޮޑު ލުޔެއް ލިބޭނެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫޢަށް މާލެ ސިޓީ ކައުންސިލުން...
ޕޭޕަލް ތައާރަފުވުމުން ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ވިޔަފާރިވެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން، އުރީދޫ...
އައިއެމްއެފް ރިޕޯޓް: ފިޔަވަޅުތަކާއެކު އިޤްތިޞާދީ މިސްރާބުގެ ފާލު ރަނގަޅު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން އައިއެމްއެފް އިން ނެރުނު ރިޕޯޓުގައި، މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން...
ކަނޑުމަގުން އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް ކަސްޓަމްސުން އަތުލައިގަނެފި
(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް) ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އާންމު މުދާ ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,601 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިދިޔަ...
ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ) މާލެ ސަރަޙައްދުން ބޭރުގެ ރަށްރަށުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ބިނާރާ ގެދޮރުވެރިކަމާއި...
