
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި އެތުލީޓުން ރާއްޖެ ތަމްސީލުކުރާއިރު މިއީ ފަޚުރުވެރި ދިވެހިންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސައީދު އިލްތިމާސްކޮށްފިއެވެ. ގައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިއުލާންކުރުމަށް ޒުވާނުންގެ މަޒުކަޒުގެ ހަރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެތުލީޓުންނާއި މުހާތަބުކުރަމުން ސައީދު ބުނީ ރާއްޖެއިން ބޭރުގައި އުޅޭއިރު ދިވެހިންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށެވެ. އަދި އަޅުގަނޑުމެންގެ ޒަމާންވީ ރީތި ސިފަތައް ދަމަހައްޓައި ޝަރަފުވެރި ދިވެހިންގެ ގޮތުގައި ބައިނަލްއަޤްވާމީ ދުނިޔެއާއި ކުރިމަތިލުމަށް ސައީދުވަނީ އިރުޝާދުދީފައެވެ. “ރާއްޖެއިން ބޭރުގައި އުޅޭއިރުގައި އަޅުގަނޑުމެންނަކީ ދިވެހިންކަން އަބަދުވެސް ހަނދާންބަހައްޓަންވާނެ. “ދިވެހިން” މިލަފުޒު އެއްވެފަ މިއޮންނަނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ ތެރޭގައި މިއޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ތެރެއިން” ސައީދު ބުންޏެވެ.
އެހެންކަމުން ކުރިއަށް އޮތް ކާވާ މެންސްކަޕުގައި ވާދަކުރުމަށް ގައުމީ ވޮލީ ޓީމުންކުރާ އަވަށްޓެރި ބަންގްލަދޭޝްއަށް ކުރާ ދަތުރުގައި ދިވެހިންގެ ޒަމާނީ ރިވެތި ސިފަތައް ދައްކުވައިދިނުމަށް ސައީދުވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހިންގެ ފަޚުރުވެރި ސިފަތަކުން ޖަރީވެތިބެ، ގައުމަށް ރީތި ނަން ހޯދައިދޭން ކޮންމެ އެތުލީޓަކުވެސް މަސައްކަތްކުރާނެކަމަށް އުންމީދުކުރާކަމަށް ސައީދު ފާހަގަކުރިއެވެ. “ހުރިހާ ކުދިން އަބަދުވެސް ގައުމު ތަމްސީލުކުރުމަށް އަދި ގައުމަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަބަދުވެސް އަޒުމު ކަނޑައަޅަންވާނެ” ސައީދު އިލްތިމާސްކޮށްފައެވެ. ފާއިތުވެ ދިޔަ ދުވަސްތަކަކީ ވޮލީޓީމުން ރަނގަޅު ކާމިޔާބީތަކެއް ހޯދި ދުވަސްތަކެއްކަން ސައީދު ވަނީ ފާހަގަކޮށްފައެވެ. ގައުމީ ވޮލީ ޓީމުން ހޯދި ކާމިޔާބީގެ އަސްލަކީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން ކަންވެސް ސައީދު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒަށާއި، ކުޅިވަރު ވަޒީރާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ދެއްވާ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާކަމަށް ސައީދު ބުންޏެވެ. ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވަމުން ސައީދު ބުނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެދުނު ކޮންމެ ކަމެއްގައި ކުޅިވަރު ވުޒާރާއިން ވަރަށް ގާތުން އެއްބާލުންދެއްވާފައިވާކަމަށެވެ.
“އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒަށް ވީއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ އަދި ގައުމީ ވޮލީބޯލް ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމަ އެއާއިއެކު ކުޅިވަރު ކުރިއެރުވުމަށް ވަޒީރު ރާފިޢު ކުރައްވާ މަސައްކަތް ފާހަގަކޮށް އެމަނިކުފާނަށްވެސް ޝުކުރުދަންނަވަން” ސައީދު ބުންޏެވެ. ރާއްޖޭގެ ގައުމީ ވޮލީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 28 ގެ ނިޔަލަށް ބަނގްލްދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާވާ މެންސް ކަޕު 2025 ގައި ވާދަކުރުމަށެވެ. މިމުބާރާތުގައި ރާއްޖެގެ އިތުރުން ދެން ވާދަކުރާ ގައުމުތަކަކީ އަފްޣާނިސްތާނު، ބަނގްލަދޭޝް، ނޭޕާލް، ސްރީލަންކާ އަދި ތުރްކްމެނިސްތާނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
