
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިދިޔަ އަހަރު ކުޅިވަރު ކުރިއެރުވުމަށް ގިނަ މަޝްވަރާތަކެއް ކުރެވި އެއްކުރެވުނު މައުލޫމާތުގެ އަލީގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފަވަނީ ގައުމީ ސީނިއަރ ވޮލީ ޓީމު އިއުލާންކުރުމަށް ޒުވާނުންގެ މަޒުކަޒުގެ ހަރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެއްބާރުލެއްވުމާއި އެކު ކުޅިވަރު ކުރިއެރުވުމަށް ދާއިރާގެ ގިނަ އަދަދެއްގެ ފަރާތްތަކަކާއި ބައްދަލުކޮށް މައުލޫމާތު އެއްކުރެވިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިމަޝްވަރާތަކުގެ އަލީގައި ލިބިފައިވާ ޚިޔާލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރެވެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން މިދިޔަ އަހަރު ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރިން ރާއްޖޭގެ ކުޅިވަރު ކުރިއަރުވާނެ ގޮތެއް ހޯދުމަށްޓަކައި، ހުރިހާ އެސޯސިއޭޝަންތަކާއި ވާހަކަ ދައްކާ ވަރަށް ބައިވަރު މައުލޫމާތުތައް އެއްކޮށް، އެ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެން އިތުރަށް ކުރިއަށްދާނެ ކަންކަން އަޅުގަނޑުމެންނަށް ވަނީ ހޯދިފަ” ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން އެޅުނު އެންމެ ބޮޑު ބިންގަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ތަޞްދީޤު ކުރެއްވި ކުޅިވަރު ޤާނޫނުކަމަށް ވަޒީރު ހާމަކުރެއްވިއެވެ. “އަދި އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން ކުރަންޖެހޭ ކަންކަމުގެ މަސައްކަތުގެ ޑީޓެއިލް މަސައްކަތްތަކެއްވެސް މިހާރުދަނީ ކުރެވެމުން. އޭގެ ތެރެއިން ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިދިން ކުޅިވަރުގެ ޤާނޫނު އެއީ އެއް ސްޓެޕިން ސްޓޯންކަމަށް އަޅުގަނޑު ގަބޫލުކުރަން” ވަޒިރު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ކުޅިވަރު ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކުޅިވަރާއި ގުޅުންހުރި ޤަވާއިދުތައް ހެދުމާއި، ގެޒެޓްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން އަންނަނީ ކޮންމެ ކުޅިވަރަކަށްވެސް ހަމަހަމަކަމާއެކު އެއްބާރުލުން ދެއްވަމުންކަމަށާއި، ވަކިން ޚާއްސަކޮށް މިއަހަރަކީ ވޮލީ ކުރިއެރުވުމަށް ވީއޭއެމްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ފުރިހަމަކުރެވުނު އަހަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ވީއޭއެމްއިން އެދުނު ފަދައިން ވަރަށް ފުރިހަމަކަމާއިއެކު ވޮލީ މުބާރާތްތައް ހިންގުނުކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިހާ ކާމިޔާބުކަމާއިއެކު މިކަންކަން ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްބާރުލުމުގެ ސަބަބުންކަމަށާއި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިއަހަރު އިރާދަކުރެއްވިއްޔާ އެސޯސިއޭޝަނުން އެދުނު އެއްވެސް މުބާރާތެއް އަޅުގަނޑުމެން ކުރިއަށް ނުގެންގޮސް ނޫނިއްޔާ އޭގެ ބަދަލުގައި އެކަންވާނެ ގޮތަށް ހުރިހާ މުބާރާތަކަށްވެސް އަޅުގަނޑުމެންވާނީ އިރާދަކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދީފަ. އެހެންވީމަ އެކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްޞަ ޝުކުރެއް ވޮލީބޯޅައިގެ ހުރިހާ ފަރާތްތަކުންވެސް ރައްދުކުރަން” ވަޒީރު ވިދާޅުވިއެވެ. ކުޅިވަރު ކުރިއެރުރުވުމަށް ހުރިހާ ރޮނގަކުންވެސް މަސައްކަތްކުރެވެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއިން ޓެކްނިކަލް މީހުން ތަމްރީނުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އޮފިޝަލުންނާއި ކޯޗުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުވެސް ކުޅިވަރު ވުޒާރާގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކުރިއަށް ގެންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުޅިވަރުން ފާހަގަކޮށްލެވޭ ގައުމަކަށް ހެއްދެވުމަށްޓަކައި ސަރުކާރުގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކުޅިވަރުތަކުން ޒުވާން އެތުލީޓުން އުފެއްދުމަށް ގްރާސް ރޫޓް ޕްރޮގްރާމުތައް ހިންގުމާއި، ޓެކްނިކަލް ސްޓާފުން ޓްރެއިންކޮށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް މިހާރުވެސްވަނީ ފަށާފައެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ އެތުލީޓުން ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދީ ތަޖުރިބާކާރު ބިދޭސީ ކޯޗުންގެ އެހީތެރިކަން ރާއްޖޭގެ އެތުލީޓުންނަށް ހޯދަދިނުމަށް ކުޅިވަރު ވުޒާރާއިން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
