
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. ކުނބުރުދޫގައި އެކި ކުޅިވަރުތަކަށް ބޭނުން ހިފޭގޮތަށް ތައްޔާރުކޮށްފައިވާ ފެންވަރު ރަނގަޅު މަލްޓިޕާޕަސް ކޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ކުނބުރުދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މި މަލްޓި ޕާޕަސް ކޯޓަކީ ދެ ޖިންސުގެ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޯޓެކެވެ. އެ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސްވަނީ އެތަން ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަލްޓި ޕާޕަސް ކޯޓު ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒްމީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުނބުރުދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓްބޯޅަ ދަނޑުވެސް ހުޅުއްވާދެއްވާފައެވެ. ކުނބުރުދޫގެ ޒުވާނުންގެ އުންމީދުތަކާއި ގުޅިފައިވާ މި ދަނޑުގައި ރައީސްވަނީ އެކި އުމުރުގެ ކުދިންނާ ބައްދަލުކުރައްވާ އެ ދަނޑު ބައްލަވާލައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ބައިވެރިވަޑައިގެންނެވިއެވެ. ކުނބުރުދޫ މަލްޓިޕާޕަސް ކޯޓާއި ފުޓްބޯޅަ ދަނޑަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން 4،537،724 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތް އާރްޑީސީއާއި ހަވާލުކުރީ 21 ފެބުރުއަރީ 2024 ގައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިންވަނީ ކުނބުރުދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅާފައެވެ. މި ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ކުނބުރުދޫ އެފްއާރްސީގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުނބުރުދުއަކީ އެއަތޮޅޫގެ ނިސްބަތުން އެންމެ ބިން ކުޑަ ރަށެވެ. ފަސް ހެކްޓަރު އޮންނަ މި ރަށުގައި ކުޅިވަރުގެ ވަސީލަތްތައް މި ސަރުކާރުން ގާއިމުކޮށްދެއްވާފައިވާއިރު ރައީސް މި ރަށަށް ކުރެއްވީ ތާރީހީ ޒިޔާރަތެކެވެ. މިއީ ކުނބުރުދޫއަށް ޤައުމުގެ ރައީސަކު ޒިޔާރަތް ނުކުރައްވާތާ 16 އަހަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޒިޔާތެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރަށުގެ އުމްރާނީ ތަރައްޤީއާއި އިޖްތިމާއީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމާއި ގުޅޭ މަޝްރޫއުތައް ފައްޓަވައިދެއްވުމަކީ އެރަށުގެ ރައްޔިތުން ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެރަށު ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
ވޯލްޑް ކަޕްގެ ޗެމްޕިއަން ސްޕެއިނަށް، ރައީސްގެ މަރުޙަބާ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސްޕެއިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު...
ބަޔަކާ ޖެހުނީ، ޗޮކުން އެދިޔައީ!
ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން...
މޮޅު ކީޕަރަކަށް ސިމޮން، ޒުވާން ކުޅުންތެރިޔާގެ މަގާމު ކުބާސީ އަށް
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ސްޕޭނުން ދެވަނަ ފަހަރަށް ތަށި އުފުލާލިއިރު، މުބާރާތުގެ މުހިންމު ގިނަ ވަނަތަކެއް އެ...
ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިއަކީ ރޮޑްރީ، ދެވަނަ މެސީ އަށް
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސްޕޭނުގެ ކެޕްޓަން ރޮޑްރީ ހޯދާފައިވާއިރު، މުބާރާތުގެ ދެވަނަ ކުޅުންތެރިޔަކަށް ހޮވުނީ...
