
(ފޮޓޯ ކްރެޑިޓްސް: ކްރިސްޓިއާނޯ ރޮނާލްޑޯ ޝޯޝަލް މީޑިއާ)
ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ، ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަމުން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާ ކަމަށް ބްލޫމްބާގްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. ބްލޫމްބާގްގެ ބިލިއަނަރު އިންޑެކްސް އިން ދައްކާގޮތުގައި، އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ މިލްކިއްޔާތު މިހާރު އަގުކުރެވިފައިވަނީ، 1.4 ބިލިއަން ޑޮލަރުގަ އެވެ. އެއީ، 2002 އިން 2023 އަށް ބަލާއިރު، އާމްދަނީ އަށް ލިބިފައިވާ، 550 މިލިއަން ޑޮލަރުގެ އިތުރުން، ސްޕޮންސަޝިޕް ޑީލްތަކާއި ޓީވީ އިސްތިހާރުތަކުގެ އިތުރުން، 10 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ، ނައިކީގެ އަހަރަކު 18 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓް ވެސް ހިމެނޭ ގޮތަށެވެ.
ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް 2023 ވަނަ އަހަރު ރޮނާލްޑޯ ބަދަލުވީ، ޖުމްލަ އެކު، 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ކޮންޓްރެކްޓެއްގަ އެވެ. އަދި، ދާދި ފަހުން އަލް ނަސްރުގެ ކޮންޓްރެކްޓް އާ ކުރީ، ޖުމްލަ އެކު، 400 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ ޑީލެއްގަ އެވެ. ރޮނާލްޑޯއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ލިއޮނަލް މެސީގެ މިލްކިއްޔާތު ވެސް ބޮޑުތަނުން ކުރިއަރާފައިވާއިރު، އޭނާގެ ވިޔަފާރިތަކުގެ އާމްދަނީ ނުލައި، ކުޅުމާ ގުޅޭ އާމްދަނީ، އުޅެނީ 600 މިލިއަން ޑޮލަރަށް ވުރެ މަތީގައި ކަަމަށް ބްލޫމްބާގުގެ އިންޑެކްސް އިން ދައްކަ އެވެ. އަދި، މެސީ ކުޅެމުން އަންނަ އިންޓަ މިއާމީގައި ކެރިއަރު ނިމުމުން، އެ ޓީމުގެ ހިއްސާއެއް އޭނާ އަށް ދޭން ވަނީ އެއްބަސްވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
