
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމްއަކީ މޮޅު ކޯޗެއްކަން ސާބިތުކޮށްދިނުމަށް އޭނާއަށް ތިން އަހަރު ދުވަސް ދޭންޖެހޭނެ ކަމަށް އެ ޓީމުގެ ކޯ-އޯނަރ ސަރ ޖިމް ރެޓްކްލިފް ބުނެފިއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވި އަމޮރިމް އެ ޓީމާއިއެކު މަސައްކަތް ކުރާތާ އަންނަ މަހަށް އެއް އަހަރު ފުރޭނެ އެވެ. ޕޯޗުގަލްގެ ސްޕޯޓިން ގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ފަހުން އޭނާއަށް ވަނީ އެދެވޭ ނަތީޖާތަކެއް ނުހޯދިފަ އެވެ. މިދިޔަ ސީޒަނުގައި 15 ވަނައިގައި އޮވެ ޕްރިމިއާ ލީގު ނިންމާލިއިރު މިއީ 74-1973 ވަނަ އަހަރުގެ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް ޕްރިމިއާ ލީގުން ރެލިގޭޓްވި ފަހުން އެ ކްލަބަށް ލިބިފައިވާ އެންމެ ދަށް ނަތީޖާ އެވެ.
ނިމިގެންދިޔަ ހޫނު މޫސުމުގައި 200 މިލިއަން ޕައުންޑް ޚަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނައި ނަމަވެސް މި ސީޒަނުގައިވެސް މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު ޔުނައިޓެޑަށް ވަނީ އެދެވޭ ނަތީޖާތަކެއް ނުހޯދިފަ އެވެ. ޕްރިމިއާ ލީގުގެ ތިން މެޗުން ބަލިވެފައިވާއިރު އިނގިރޭސި ލީގު ކަޕްގައި ވަނީ ދެވަނަ ޑިވިޝަނުގެ ޓީމެއްގެ އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ. ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރެޓްކްލިފް ބުނެފައިވަނީ އަމޮރިމް އަށް މިއީ އުނދަގޫ ދުވަސްތަކެއް ކަމަށާއި ނަމަވެސް އޭނާއަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
“މިއީ އޭނާއަށް އަދި އެންމެ ރަގަޅު ސީޒަނެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާއަށް ތިން އަހަރުގެ ތެރޭގައި އެއީ މޮޅު ކޯޗެއްކަން ސާބިތުކޮށްދެވޭނެ.” ރެޓްކްލިފް ބުންޏެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ މެޗުތައް ދިރާސާ ކުރާ ގިނަ ފަރާތްތަކަކުން ބުނެފައިވަނީ އެ ކްލަބުގައި އަމޮރިމް ކުޅުވަން މަސައްކަތް ކުރާ ގޮތަށް އޭނާއަށް އެ ކްލަބުގައި އެކަށީގެންވާ ނަތީޖާ ނުހޯދޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
