
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ދިން ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ސާބިތުވެ، ބައްސާމް އަދީލް ޖަލީލް 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. މިދިޔަ މަހު ކުރިމިނަލް ކޯޓުގައި އަޑުއެހުންތައް ނިންމާލާފައިވާއިރު ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަކީ އެފްއޭއެމަށް ދިން ފައިސާކަން އެނގޭ ހެކި ހުރިއިރު އެ ފައިސާގެ ކަންކަން ނިންމަން އޭރު ހުރީ އެ އިދާރާގެ އޭރުގެ ރައީސް ބައްސާމްއެވެ. އަދި އެ ފައިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުން ކުރިކަން ދައުލަތަށް ލިބިފައިވާ ހެކިތަކުން އިނގޭ ކަަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ވަނީ، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމުގެ އެކައުންޓަށް ޖަމާކޮށްފައެވެ. ބައްސާމް ބުނީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. ދައުލަތުން ބުނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަމަށް ބައްސާމް ބުނި ނަމަވެސް އެ 10،000 ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްއަށް ނުލިބޭ ކަމަށެވެ.
ފީފާއިން އެފްއޭއެމަށް ދިން އެ ފައިސާއިން ބޭންކަށް ދައްކަންޖެހޭ ފީތައް ކެނޑުމަށްފަހުން ބައްސާމްގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެއެވެ. އަދި އެއީ އެފްއޭއެމްގެ ރައީސްއަށް ފީފާއިން ދިން އެލަވަންސް ފައިސާ ނޫން ކަމަށާއި އެ ފައިސާއަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިނުވާތީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނުބެލެވޭ ކަމަށްވެސް ދައުލަތުން ބުންޏެވެ.
އެހެންކަމުން ހިޔާނާތުގެ ކުށުގެ ހުރިހާ އުންސުރެއް ފުރިހަމަވާތީ ބައްސާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ބައްސާމް ބޭނުންކުރީ އެފްއޭއެމްގެ ފައިސާކަން ޝައްކުކުރެވޭ ހާލަތެއް އޮތުމުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާވަރަށް ހެކި އެބަހުރިކަމަށެވެ.
މަނީލޯންޑަރިންނާއި ފައިސާއަށް ހިޔާނާތެރިވުމަކީ ދެ ކުށެއް ކަމަށް ދައުލަތުން ކަނޑައަޅާފައިވާއިރު ބައްސާމްގެ ވަކީލް ޒުބައިރު މުހައްމަދު ކޯޓުގައި ވިދާޅުވީ އެއީ ބައްސާމު ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ ނޫން ކަމަށާއި އެފަދަ ގޮތަކަށް ޝައްކުކުރެވޭނެ ހާލަތެއްވެސް ނެތް ކަމަަށެވެ. އަދި އެ ފައިސަަ ނެގުމަށް ލިޔުންތައް ތައްޔާރުކުރީ ބައްސާމް ކަން އެނގޭނެ އެއްވެސް ހެއްކެތް ނެތްކަމަށެވެ. އެހެންކަމުން އެ ފައިސާ ނެގުމުގައި ބައްސާމު ބައިވެރިވިކަމުގެ ހެއްކެއްވެސް ނެތް ކަމަށެވެ.
އެ ފައިސާއަކީ ބައްސާމަށް އޭރު އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރުމުގެ ސަބަބުން ލިބެންޖެހޭ އެލަވަންސް ކަމަށާއި އެ އެލަވަންސް ބައެއް ފަހަރު އެއްފަހަރާ ޖަމާވާކަން އެނގޭކަމަށް ބައެއް ހެކިބަސްތަކުން އެނގޭ ކަމަށްވެސް ބައްސާމުގެ ދިފާއީ ވަކީލު ވިދާޅުވިއެވެ. ބައްސާމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ދައުލަތުން ކުރި ދައުވާއަށެވެ. މި މައްސަލާގައި ކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއާ ގުޅިގެން ޙުކުމްކުރުން އަދި ފަހުގެ ތާރީޚެއްގައި ކުރިއަށްދާނެއެވެ.
މި ދެ މައްސަލައިގެ އިތުރުންވެސް ބައްސާމުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން އަމީން އެވެނިއުއިން ޕެންޓްހައުސް ގަތުމާއި ފުޓްބޯޅަ އިދާރާގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ. އެގޮތުން އެފްއޭއެމްގެ ފުޓްބޯޅަ ސުކޫލް އެޅުމަށް އެޗްޑީސީން ހަމަޖައްސައިދިން ހުޅުމާލެ ބިމާއި، މާފަންނު ސްޓޭޑިއަމް ސަރައްދުގައި އޮންނަ ބިމުގައި އަމިއްލަ ފަރާތްތަކުން ގުދަންބަރި ހަދައިގެން ބޭނުންކުރަމުންދާ މައްސަލަ ފާހަގަކުރެވެއެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
