
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުޅިވަރުގެ ދާއިރާއިން ކުދިން ވާދަވެރި ހަރުފަތަކަށް ގެނެވޭނެ ގޮތްތައް ދަނީ ދިރާސާކުރެވެމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން ހަންޏާމީދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ރައްޔިތުންގެ އަޑުއައްސަވާ އެފަރާތްތަކުގެ ޝުޢޫރާއި ޚިޔާލު ހޯއްދެއްވުމަށް ކުރިއަށްގެންދަވާ ދަތުރުފުޅެއްކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާކަމަށާއި، އެހެންކަމުން ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ހަލުވިކަމާއިއެކު ކުރިއަށްދާ މަޝްރޫއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ކުރީގަވެސް އަޅުގަނޑު ދެންނެވި ފަދައިން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންވެގެން ދިއުން. އެއީ ސަސްޓެއިނަބްލް ގޮތަކަށް އެކަންކުރެވޭނީ އަޅުގަނޑުމެންނަށް އެބީދައިން ގެންގޮސްގެންކަމަށްވާތީވެ” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ. އެގޮތުން ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ކުޅިވަރުތައް ކުޅެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ވަޒީރު ހާމަކުރެއްވިއެވެ. ކުޅިވަރާއި ގުޅުންހުރި ޓެކްނިކަލް މީހުން ތަމްރީނުކުރުމަށް ހިންގާ ކޯސްތައްވެސް އަތޮޅުތެރޭގައި ކުރިއަށްދާކަމަށާއި އަތޮޅުތެރެއަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ކުޅިވަރުގައި ކުދިން ވާދަވެރި ހަރުފަތަކަށްގެނެވޭނެ ގޮތްތައް ދިރާސާކުރެވެމުންދާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
“ހަމައެގޮތުން ކުޅިވަރުގެ ރޮނގުން ޒުވާނުންނާއި އަދި ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުންވާނެ ވަސީލަތްތަކާއި އަދި އެކަންކަން ކުރަން ބޭނުންވާނެ ޓްރެއިނިންގތަކާއި އަދި އޭގެ އިތުރުން އެކިއެކި ރޮނގުރޮނގުން ކުދިން ކޮމްޕެޓެޓިވް ލެވެލްއަށް ގެންނާނެ ގޮތްވެސް މިދަތުރުތަކުގައި އަޅުގަނޑުމެން ދެނެގަންނަމުން މިއަންނަނީ” ވަޒީރު ވިދާޅުވެފަވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަޝްރޫޢުފެށިގެން ކުރިއަށްދާއިރު، އެއީ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކުރުމަށް ބާރަކަށްވެގެންދާނެ ވަސީލަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިމަޝްރޫޢު ދެ އަހަރު ދުވަހުން ނިންމުމަށް އަމާޒު ހިފާފަވާއިރު ކުރިއަށް އޮތް ދުވަސްތަކަކީ ދިވެހިންނަށް ދުޅަހެޔޮ ހަށިހެޔޮ ދުވަސްތަކަކަށްވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
