
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އދ. ފެންފުށި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެންފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު ނިމިގެންދާއިރު ފުޓްބޯޅަ ދަނޑުގައި ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވޭނެ ކަމަށެވެ. އަދި މި ސަރުކާރުން ވަނީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދީފަކަން ރައީސް ފާހަގަކުރެއްވިއެވެ. ”ފުޓްބޯޅަ ދަނޑު ކަންތަކުގައި އަޅުގަނޑު ހަމަ ދަންނަވާލަން. އަޅުގަނޑުމެން މިހާރު ރަށްރަަށުގައި ދަނޑުތައް އެއީ ކޮންމެ ކުޅިވަރަކާއި ގުޅޭ ދަނޑެއްވިޔަސް ހަދާއިރު މި ހަދަނީ ރޭގަނޑު ލައިޓްވެސް ޖެހޭ ގޮތަށް. މިރަށުގައި އަޅުގަނޑުމެން މިއޮތީ މި ސަރުކާރުން ޓާފްގެ މަސައްކަތް ނިންމާފަ. މިއަދު މި ހަވާލުކުރީ ޓްރެކް. ޓްރެކްގެ މަސައްކަތް ނިމިގެންދާއިރުގައި ދަނޑުގައި ލައިޓްވެސް ހަރުކުރެވި ރޭގަނޑު ކުޅެވޭ ގޮތަށް ބަދަލުވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.
ފެންފުށި ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.
About Post Author
މާދަމާ ނިއުސް
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓެން މެދުވެރިވި ސަބަބުތައް
ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަކީ ދިވެހި ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލެކެވެ. 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު...
އެމްޑީޕީ މޭޔަރާއި ކައުންސިލުން ހުރަސްއެޅިޔަސް، މަސް މާރުކޭޓު އަޅާނަން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލޭގެ ރައްޔިތުންނާއި މަސްވެރިންނަށް ބޮޑު ލުޔެއް ލިބޭނެ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫޢަށް މާލެ ސިޓީ ކައުންސިލުން...
ޕޭޕަލް ތައާރަފުވުމުން ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހި ވިޔަފާރިވެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރެއްވި މަސައްކަތުން، އުރީދޫ...
އައިއެމްއެފް ރިޕޯޓް: ފިޔަވަޅުތަކާއެކު އިޤްތިޞާދީ މިސްރާބުގެ ފާލު ރަނގަޅު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން އައިއެމްއެފް އިން ނެރުނު ރިޕޯޓުގައި، މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން...
ކަނޑުމަގުން އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމެންޓް ކަސްޓަމްސުން އަތުލައިގަނެފި
(ފޮޓޯ ކްރެޑިޓްސް: ކަސްޓަމްސް) ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އާންމު މުދާ ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,601 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިދިޔަ...
ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ) މާލެ ސަރަޙައްދުން ބޭރުގެ ރަށްރަށުގައި ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ބިނާރާ ގެދޮރުވެރިކަމާއި...
