
އެމްޑީޕީން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާ ރުޅާލުމުގައި ބޭނުންކޮށްފައިވާ ދުރަށް އަޑު ފޮނުވާ އާލާތް ދިވެހި ފުލުހުންގެ ޚިދުމަތުން 2013 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ރޫޅާލުމުގައި މިއާލަތް ބޭނުން ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިކަމުގެ ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ ޤާނޫނާއި ޚިލާފުވުމުންކަމަށެވެ. މި މުޒާހަރާ ރޫޅާލުމަށް ލޯންގް ރޭންގް އެކޫސްޓިކް ޑިވައިސް ނުވަތަ އެލްރެޑް ބޭނުންކޮށްފައިވެއެވެ.
މިޑިވައިސްއާ ގުޅޭ ބައެއް މައުލޫމާތު މީސްމީޑިއާގައި ހިއްސާ ކުރައްވަމުން، ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ ފުރަތަމަ މިޑިވައިސް ބޭނުން ކުރީ 2013 ވަނަ އަހަރު ކަމަށެވެ. އޭރު ފުލުހުންގެ އުޅަނދެއްގައި ހަރުކޮށްގެން އެލްރެޑް ބޭނުންކުރީ އެސްއޯ ފުލުހުން ކަމަށާއި، އެއީ އެލްރެޑް 300 އެކްސް މޮޑެލް ކަމަށް ވަޒީރު ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ބޭނުންކޮށްފައިވަނީ އެލްރެޑް 100 އެކްސް މޮޑެލް ކަމަށާއި، މިމޮޑެލްވެސް 2023 ވަނަ އަހަރު މޭއި މަހު ބޭއްވި މުޒާހަރާއެއް ރޫޅާލަން ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
Long-Range Acoustic Devices (LRAD) was first used by Maldives Police Service in 2013. First model (LRAD 450 XL) was mounted on a vehicle (sound vehicle) used by Police Special Operations. The model, LRAD 100 X (which was used during the Police operations in the evening of 3rd… pic.twitter.com/Amge2QDaet
— Minister of Homeland Security & Technology (@min_mohst) October 5, 2025
ދާޚިލީ ވަޒީރު ވިދާޅުވީ، އެލްރެޑަކީ މިހާރު 100 އަށްވުރެ ގިނަ ޤައުމުގައި ތަންފީޒީ އިދާރާތަކާއި އަސްކަރިއްޔާތަކުން ބޭނުން ކުރާ އާލާތެއް ކަމަށެވެ. އެގޮތުން ދުރުރާސްތާގައި މުޢާމަލާތް ކުރުމަށާއި، އެއްވުންތައް ކޮންޓްރޯލް ކުރުމަށާއި ބޯޑަރު ބެލެހެއްޓުމުގައި އަދި ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމުގެ އޮޕަރޭޝަންތަކަށް މިޑިވައިސް ބޭނުންކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އިމަރޖެންސީތަކުގައިވެސް މިޑިވައިސް ބޭނުންކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލާފައި ވަނީ ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ. އެ މުޒާހަރާ ރޫޅާލާފައިވަނީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ފުލުހުން ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގުމުން ކަމަށް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
