
ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވުމުގެ ޢަމަލީ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ސަރުކާރުން ވަނީ އައްޑޫގެ ޝަންގްރިއްލާ ރިސޯޓު މިއަހަރުގެ ނިޔަލަށް ހުޅުވާނެ ކަމަށް އިޢުލާންކޮށްފައެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓު 31 ޑިސެމްބަރުގައި އަލުން ހުޅުވޭނެކަން ސަރުކާރުން އިޢުލާންކޮށްފައިވާއިރު، މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުނާސަބަތާ ގުޅިގެން ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ވިދާޅުވީ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވި އެއް މަސައްކަތަކީ ޝަންގްރިއްލާ ހުޅުވުން ކަމަށެވެ.
އެގޮތުން ޝަންގްރިއްލާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މިއަހަރުގެ ފެބްރުއަރީ މަހު އެ ރިސޯޓުގެ ހާލަތު ބައްލަވާލެވުމަށް ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ވަޒީރު ޠާރިޤު ވިދާޅުވީ އެ ރިސޯޓު ބަންދުކޮށްފައިވީ ނަމަވެސް އެތަން ވަރަށް ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށެވެ. އެހެންނަމަވެސް ރިސޯޓް ހުޅުވުމުގެ ކުރިން ކުރަންޖެހޭ މަރާމާތުތައް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. “އަޅުގަނޑު ބެލިއިރު ވަރަށް ރަނގަޅަށް މެއިންޓެއިންކޮށްފައި އޮތީ. ރޫމްތައްވެސް ހުރީ ރަނގަޅު ކޮންޑިޝަނެއްގައި. އެހެންނަމަވެސް އެ ރިސޯޓުގެ ބައެއް ކަންކަން ރަނގަޅުކުރަން ހުރި. މިސާލަކަށް ރިސޯޓުގެ ރެސްޓޯރެންޓް ރަނގަޅު ކުރަން ޖެހޭ. ޑެކިން ރަނގަޅު ކުރަންޖެހޭ. ވޯޓާ ވިލާސްގެ ޑެކްތައް. މިހެން ހުރި ވަކިވަކި ކަންކަން ރަނގަޅު ކުރަން ހުރި.” ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ރިސޯޓަށް ކުރެއްވި ޒިޔާރަތަށް ފަހު، އެރިސޯޓު އޯނަރުންނާއިވެސް ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، މާލީ ވަޒީރު މޫސާ ޒަމީރާއެކު ރިސޯޓް އޯނަރުންނާ ބައްދަލުކުރައްވައި ރިސޯޓު ހުޅުވުމަކީ އައްޑޫގެ އިޤްތިޞާދަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ރިސޯޓު ޑިސެމްބަރު 31 އަށް ހުޅުވަން ޝަންގްރިއްލާ ކުންފުނިން އެއްބަސްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
Minister @thoriqibrahim, Finance Minister @MoosaZameer & AG Uz @a_usham met Shangri-La Villingili’s senior mgmt team, led by Christopher Phong, Group Head of Investment & Asset Mgmt, to discuss reopening efforts & how the gov can support and fast-track the process. pic.twitter.com/7r28qMzBLv
— Ministry of Tourism and Environment (@MoTmv) April 13, 2025
“އޭރު އަޅުގަނޑުމެން އެ ވާހަކަ ދެކެވުނުއިރު މިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން އެތަނުގައި ކުރެވެން ހުރިކަންކަން ކުރައްވާ، ރިސޯޓު އޮޕަރޭޝަނަށް ގެންނަން ލައިސެންސިން މަސައްކަތް ކުރަން ފަށާފައިވަނީ. މިގޮތަށް ބައިވަރުކަންކަން ހުންނާނެ އެކަންކަންވެސް އަޅުގަނޑުމެން މިނިސްޓްރީއާއެކު ގޮސް ޓީމެއް ބަލައި، ކުރަންޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ ބަލާފައިވަނީ.” ވަޒީރު ވިދާޅުވިއެވެ. ޝަންގްރިއްލާ ބަންދުކޮށްފައިވަނީ މީގެ 5 އަހަރު ކުރިން 2020 ވަނަ އަހަރުގެ މާރިޗު މަހުއެވެ. އޭރު ރިސޯޓު ބަންދުކުރީ ކޯވިޑާއި ގުޅިގެންނެވެ. އޭގެ ފަހުން ކޯވިޑަށް ބަންދުކުރި ރިސޯޓުތައް ހުޅުވި ނަމަވެސް ޝަންގްރިއްލާ ނުހުޅުވި އޮތުމަކީ އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މި ރިސޯޓުގެ އަލުން ހުޅުވައި ރިސޯޓުގެ މަންފާ އައްޑޫގެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުފުޅެކެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މިއީ އައްޑޫގައި ހިންގަމުންދިޔަ އެންމެ ބޮޑު ރިސޯޓު ކަމަށްވާއިރު މިތަނަކީ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚިދުމަތް ދެމުން އައި ރިސޯޓެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
