
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް ބާޒާރަށް ނެރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ލިސްޓަށް ސަރުކާރުން ވަނީ އިތުރު 23 ބާވަތް އިތުރުކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ވަޢުދުގެ ސިޔާސަތު ތަންފީޒު ކުރުމަށެވެ. އެމަނިކުފާނުގެ މި ނިންމެވުމާއެކު އެސްޓީއޯއިން ވަނީ މިކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައެވެ.
މިހާރު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯއިން ވިދާޅުވީ އިތުރު ބާވަތްތައް ބާޒާރަށް ނެރެން އޮތީ މިމަހުގެ 15ގެ ކުރިން ކަމަށާއި، މިކަމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން މިބާވައްތައް މިހާރު އޯޑަރު ކޮށްފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެކުންފުނިން ވަނީ ކަނޑައެޅިފައިވާ ތާރީޚަށް މިބާވަތްތައް ބާޒާރަށް ނެރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެސްޓީއޯ މެދުވެރިކޮށް މިވަގުތު ރާއްޖެ އެތެރެކުރަނީ ކާޑުގެ ބާވަތްތަކެވެ. ބާޒާރުގައި އަގު ހިފެހެއްޓުމަށްޓަކައި، ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިބާވަތްތަކުގެ އިތުރުން ރީނދޫ މުގާއި ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތިކަމުގައި އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ. މިނިންމުމާ އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާ އާއި ތަރުކާރީ ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، އެކި ދުވަސް ވަރު މަތިން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން، ބައެއް ބާވަތްތަކުން ބާޒާރުގައި ތަކެތީގެ އަގު އުފުލެއެވެ. ބައެއް ފަހަރު އަތްނުފޯރާ ފަށަށް އަގުތައް އަރައިގެން ދިއުމަކީ ރައްޔިތުން އަބަދުވެސް ކަނބޮޑުވުން ފާޅުކުރާ ކަމެކެވެ. އެހެން ނަމަވެސް ސަރުކާރުން މި ގެނައި ބަދަލުގެ ދަށުން އަސާސީ ލިސްޓުގެ ތެރެއިން އެތެރެ ކުރެވޭ މި ބާވަތްތަކުގެ އަގު ހިފެހެއްޓިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އެސްޓީއޯއަކީ ވިޔަފާރިކުރަން އުފައްދާފައިވާ ކުންފުންޏެއްކަމަށާއި، އެ ކުންފުނިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫންކަމަށް ވިދާޅުވެފައެވެ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ އާންމުންކުރާ ވިޔަފާރިއަށް ވަނުންނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
