
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ރާއްޖޭގެ 18 ރަށެއްގެ ކުޅިވަރާ ގުޅުންހުރި 20 މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި އިތުރު ފަރާތްތަކުގެ ތެރޭގައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަސަދުﷲ ޝިހާބާއި، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުލް ލަޠީފު މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ނަސީރު އަދި މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އދ. ފެންފުށީ ވޮލީބޯޅަ ކޯޓުގެ މަސައްކަތާއި، އެ ރަށުގައި ގާއިމުކުރާ ދުވާ ޓްރެކުގެ މަސައްކަތެވެ. އަދި އދ. ހަންޏާމީދޫ ވޮލީ ކޯޓާއި އެ އަތޮޅު އޮމަދޫގައި ތަރައްގީކުރާ ވޮލީ ކޯޓުގެ މަސައްކަތުގެ އިތުރުން ހއ. މުރައިދޫ، ދިއްދޫ އަދި މޮޅަދޫގެ ފުޓްސަލް ކޯޓުގެ މަސައްކަތާއި، މޮޅަދޫގެ ވޮލީ ކޯޓުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ރ. މަޑުއްވަރީގައި ފުޓްސަލް ކޯޓު އެޅިގެންދާއިރު، ހަމަ އެ އަތޮޅު ކިނޮޅަހުގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަށްވަނީ ރާވާފައެވެ. އެމްޓީސީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކ. އަތޮޅުގެ ތިން ރަށެއްގައިވެސް ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ކ. ހިންމަފުށި، ގުޅި އަދި ތުލުސްދޫގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަޝްރޫއެވެ. އަދި އއ. ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ނިންމުމަށް ހަމަޖެހިފައިވެއެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ތ. އަތޮޅުގެ ހަތަރު ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތްވެސް އެމްޓީސީސީން ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ގުރައިދޫ އާއި ވިލުފުއްޓާއި، މަޑިފުށި އަދި ބުރުނީގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތެވެ. މީގެ އިތުރުން ގއ. ދެއްވަދޫ ވޮލީ ކޯޓާއި ގދ. ފިޔޯރީގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނާފައެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ދިރުވާ އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ ބޭނުމުގައި ސަރުކާރުން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށްދާއިރު، ކުޅިވަރުގެ ވަސީލަތްތައްވެސް ދަނީ ގާއިމުކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި ކޯޓުތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ. މި މަޝްރޫއުތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) އަދި އެމްޓީސީސީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
