
މި ސީޒަން ކާމިޔާބުކުރަން ވަރަށް އުނދަގޫވާނެ ކަމަށާއި، ކުޅުންތެރިން ސީރިއަސްވުމަށް ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ގޮވާލައިފިއެވެ. އޭނާ މިފަދައިން ބުނީ ޖެހިޖެހިގެން ތިން މެޗުން ލިވަޕޫލް ބަލިވެ ތާވަލުގެ ދެވަނައަށް ސޮއްސާލުމުންނެވެ. ލިވަޕޫލް ބަލިވީ އެންމެ ފަހުން ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ދެ މެޗުންނާއި ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުންނެވެ. “އަހަރެން އަބަދުވެސް މި ބުނަނީ އެއް ވާހަކައެއް. އަހަރުމެން ވަރަށް ސީރިއަސް ވާން ޖެހޭ. މި ސީޒަން (ކާމިޔާބު ކުރަން) ވަރަށް އުނދަގޫވާނެ. ސަބަބަކީ ހަމައެކަނި ދަނޑު މަތީގައި ނުކުންނަ ނަތީޖާގެ ސަބަބުން ނޫން. ދަނޑު ބޭރުގައި ވެސް އެތައް ކަމެއް ހިނގައިގެން އެބަދޭ. މިހެންވެ އަހަރުމެންނަ މި ސީޒަން ދަތިވާނެ،” ވެންޑައިކް ބުންޏެވެ.
އޭނާގެ ކެޕްޓަން ކަމުގައި ލިވަޕޫލުން ހުސްވި ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބު ކުރި އެވެ. އަދި މި ސީޒަނަށް ތައްޔާރުވުމަށް ލިވަޕޫލުން ވަނީ މިއީން ދުވަހަކު ހަރަދު ނުކުރާ ވަރަށް ހަރަދުކޮށްފަ އެވެ. ގާތްގަނޑަށް 500 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއް ކުރި އެވެ. ނަމަވެސް އަދި މިހާތަނަށް އެކަށީގެންވާ ނަތީޖާއެއް ލިވަޕޫލަށް ނުހޯދެ އެވެ. ވެންޑައިކް ބުނީ އެންމެ ތިން މެޗުން ބަލިވި ނަމަވެސް ލިވަޕޫކީ ޕްރެމިއާ ލީގުގެ ޗެމްޕިއަނުންކަން އެކަކު ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. “އަހަރުމެންނަކީ ޗެމްޕިއަނުން. ތަށި ދިފާއު ކުރުމަކީ ފަސޭހަ ކަމެއްނޫން. އެކަމަކު އެއީ ނުކުރެވޭވަރުގެ ކަމެއް ވެސް ނޫން. އަހަރުމެން އެބަޖެހޭ ގުޅިގެން ކުޅުން ރަނގަޅު ކުރަން. އެކަން ކުރެވިއްޖެނަމަ އަހަރުމެންނަށް ކުރިއަރައިދާން ފަސޭހަވާނެ،” ވެންޑައިކް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވެސް ވަނީ މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މެޗަކުން މޮޅުވާން ލިވަޕޫލަށް ހިލޭ ޖެހުމެއް ނުވަތަ ޕެނަލްޓީ އެއް ލިބެނީ މަދު ފަހަރަކު ކަމަށެވެ. “އެކަމަކު ޗެލްސީ އާއި އާސެނަލް އަށް ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އެ ފުރުސަތު ލިބޭ،” ކޯޗު ބުންޏެވެ. އޭނާ އަދި ބުނީ ތަފާތު މުބާރާތްތައް ކުޅެން ޖެހޭއިރު ޝެޑިއުލް އޮތް ގޮތުން އެއް މެޗުގައި ހެދޭ ގޯސްތައް ރަނގަޅު ކުރަން ފުރުސަތު ލިބެނީ ހަމައެކަނި ވީޑިއޯގެ ޒަރީއާއިން ކަމަށެވެ. އަދި އެންމެ ތިން މެޗުން ބަލިވުމުން ސަޕޯޓަރުން މާޔޫސް ނުވުމަށެވެ.
“ސީޒަނުގެ ފަހު ބަޔަކަށް ނިދާފައެއްނޫން. އަހަރުމެން ކަންކަން ރަނގަޅު ކުރާނަން. މިސާލަކަށް ބަލާ (ސްޕޭނުގެ) އެތްލެޓިކޯ މެޑްރިޑެވެ. އެ މީހުން ސީޒަން ފެށީ ވަރަށް ދަށްކޮށް. އެކަމަކު މިހާރު އެ މީހުން ވަރަށް ވަރުގަދަ ވެއްޖެ. މެޗުތަކުން މޮޅުވާން ވެސް ފަށައިފި. އެހެންވީމާ މިހެން އަދި ބަލިވުމަކުން ކަންކަން ގޯސްކޮށް ދެކޭކަށް ނުވާނެ،” ކޯޗު ބުންޏެވެ. އިއްޔެ ރޭ ޗެލްސީ އަތުން ބަލިވުމުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ޓޭބަލުގެ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެއްވަނާގައިވަނީ މިދިޔަ ތިން ސީޒަނުގައި ވެސް ދެ ވަނަ އަށް ދިޔަ އާސެނަލް އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
