
ސްޕެނިޝް ލީގުގައި ސެވިއްޔާ އަތުން 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވީ ޑިފެންސް ލައިނުގައި ރޫހު ނެތިގެން ކަމަށް މިޑްފީލްޑަރު އަދި ވައިސް ކެޕްޓަން ޕެޑްރީ ބުނެފިއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޕެޑްރީ ބުނީ ބާސެލޯނާގެ ޑިފެންސް ލައިނުގައި ހާއަޅާ ތަންތަން ފޫބައްދަން ޖެހިފައިވާ ކަމަށެވެ. “އަހަރުމެންނަށް ނޭނގުނު ބޯޅައާއެކު އެ މީހުންގެ މޭން ޓު މޭން ޕްރެޝަރަށް ހަދަންވީ ގޮތެއް. އަހަރުމެންގެ ޑިފެންސް ލައިނުގައި ރޫހެއްނެތް. އަހަރުމެންނަށް އެކަށީގެންވާ ގޮތަކަށް ނުކުޅެވުނު. އަހަރުމެން މި މެޗުގައި ބަލިވީ ވަރަށް ގިނަ ކަންކަން ގޯސްވެގެން. އަހަރުމެންގެ ކުޅުން ފެނުނީ ވަރަށް ގޯސްކޮށް. މިއީ ކުޅުންތެރިންނާއި ކޯޗާއެކު އިށީނދެގެން ރަނގަޅު ކުރަންޖެހިފައިވާ ކަމެއް. ވަރަށް ގިނަކަން ރަނގަޅު ކުރަންޖެހޭ. މިހާ ގޯސްކޮށް ކުޅުނު މެޗެއް އަހަރެންގެ ހަޔާތުގައި ނެތް،” ޕެޑްރީ ބުންޏެވެ.
މި މެޗުން ބަލިވުމުން ބާސެލޯނާ ވަނީ އެއްވަނައިގައިވާ ރެއާލް މެޑްރިޑަށްވުރެ ދެ ޕޮއިންޓް ފަހަތަށް ޖެހިފައެވެ. މެޗަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ކޯޗު ހަންސީ ފްލިކް ބުނީ މިއީ އަނެއްކާ ވެސް ބާސެލޯނާ ސުމަކުން ފަށަން ޖެހުނު ނަތީޖާއެއް ކަމަށެވެ. “އަހަރެންގެ އެންމެ ދެރަވި މެޗަކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އިންޓަމިލާން އަތުން ބަލިވި މެޗު. އެއަށްފަހު މި މެޗޭ ބުނެވިދާނެ. އަހަރުމެންނަށް އެއްގޮތަކަށް ވެސް ނުކުޅެވުނު. މި ނަތީޖާ އަކީ އަނެއްކާ ވެސް އަހަރުމެން އަލުން ފަށައިގަންނަންވީ ނަތީޖާއެއް،” ކޯޗު ބުންޏެވެ.
ފްލިކް ބުނީ ހުސްވި ސީޒަނާ ހިލާފަށް މި ސީޒަނުގައި ބާސެލޯނާ އަށް ކުރީގެ ކުޅުން އަދި ނުދެއްކޭ ކަމަށެވެ. އަދި އެކަން ބަދަލު ކުރުމަށް ގައުމީ ޓީމުތައް ކުޅޭ މެޗުތަކަށް ފަހު މުޅި ޓީމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. “މިފަދަ ނަތީޖާތަކަކީ އަހަރެން ދެކޭ ގޮތުގައި އަހަރުމެން އިތުރަށް ރަނގަޅު ކުރަން ވިސްނަންވީ ވަގުތު. މިދިޔަ ސީޒަނުގައި އަހަރުމެން ދެއްކި ކުޅުން އަދި ނުކުޅެވޭ. އަލުން ކާމިޔާބީގެ މަގަށް އައުމަށް އަހަރުމެން އެބަޖެހޭ ވަރަށް ގިނަ މަސައްކަތް ކުރަން،” ފްލިކް ބުންޏެވެ. މި މެޗުގައި ބާސެލޯނާ ކޮޅަށް މެޗުގެ ފަހުބައިގައި އިތުރު ދެ ގޯލު ވަނީ 2-1އިން ބަލިވެފައި އޮއްވައި ނަތިޖާ ހަމަހަމަކުރަން ލިބުނު ޕެނަލްޓީ ރޮބަޓް ލެވޮންޑޯސްކީ އަތުން ބޭކާރުވުމާއެކުގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
