
(ފޮޓޯ ކްރެޑިޓްސް: ކްލަބް މޯލްޑިވްސް)
ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަލީ ހާފިޒު (ހާއްޕެ) ގެ ފަޔަށް ލިބުނު އަނިޔާއަށް ފަރުވާކުރުމުގެ ހަރަދު ފުޓްބޯޅަ އެސޯސިއޭޝަނާއި އެންސްޕާއިން ހަމަޖައްސައިދީފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. ހާފިޒަށް އަނިޔާވީ މިދިޔަމަހު މިޔަންމާގައި ކުރިޔަށް ދިޔަ އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި މިޔަންމާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗު ނިމެން ގާތްވެފައިވަނިކޮށް ހާފިޒު ބޭލީ އަށިގަނޑަށް ލައިގެންނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ތަރި ހާފިޒު ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.
އޭނާގެ ފަރުވާއަށް ސަރުކާރުން އެހީ ނުވާކަމަށްބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވާ ޠާރިޤް ވިދާޅުވީ އަނިޔާވި ފުޓްސަލް ކުޅުންތެރިޔާ އިންޑިއާއިން އޮޕަރޭޝަން ކުރުމަށް އެއްބަސްވީ ބުރާސްފަތި ދުވަހުގެ މަޝްވަރާއަށްފަހުގައި ކަމަށެވެ. އަދި އޮފަރޭޝަނަށް ދާނެ ޚަރަދާއި ކުޅުންތެރިޔާ އާއި 2 އެހީތެރިންނަށް ތިބުމާއި ކެއުމުގެ ޚަރަދު ކުރާނީ އެފްއޭއެމް އާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކުގައި ކަމަށެވެ. 2022 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ހާފިޒު ވަނީ މިހާތަނަށް ގައުމީ ޓީމަށް 11 މެޗު ކުޅެދީ 6 ލަނޑު ކާމިޔާބުކޮށްދީފައެވެ. ހާފިޒަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އޭނާއަކަށް ނުކުޅެވެއެވެ. ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ގައި މުހިންމު ދައުރެއް މިދިޔަ އަހަރުވެސް އަދާކުރި ހާފިޒު މެޗުތަކުން ނުފެނުނުކަމުގައިވިޔަސް ކްލަބް މޯލްޑިވްސް ކަޕްގައި އާރްއާރްސީ ކުޅޭ މެޗުތައް ބަލަން ދަނޑުގައި އިނދެއެވެ.
ހާފިޒަށް މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ނުކުޅެވުނު ނަމަވެސް ކުލަބު މޯލްޑިވްސްއިން ވަނީ އޭނާއަށް ޝުކުރުގެ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. އަދި އަނިޔާއިން ރަނގަޅުވެ އަލުން އެނބުރިއައުމަށް އޭނާއަށް ހިތްވަރުދީފައެވެ. އޭނާއަކީ މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
